Han'dhah 4G Mobile Network Forukohdhenee
image
ހަނދުގައި ހަރަކާތްތެރިވާ އުޅަނދުތަކެއް
1 ކޮމެންޓް
 

ހަނދަށް 4ޖީ މޯބައިލް ނެޓްވޯކް ފޯރުކޮށްދެނީ

އަންނަ އަހަރު ހަނދަށް 4ޖީ މޯބައިލް ނެޓްވޯކް ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް އެ މަސައްކަތްކުރާ ވޮޑަފޯން އާއި ނޮކިއާ އިން ހާމަކޮށްފިއެވެ. muni
އެ މަސައްކަތް ކުރާ ފަރާތުން ބުނި ގޮތުގައި 4ޖީ މޯބައިލް ނެޓްވޯކް ބޭނުން ކުރާނީ ހަނދުގައި ހަރަކާތްތެރިވާ އުޅަނދުތަކުން ދުނިޔެއަށް މައުލޫމާތު ފޯރުކޮށްދިނުމަށެވެ.

އެކަމުގެ ސަބަބުން ހަނދުގެ މަންޒަރުތައް ވަގުތުން ބަލާލެވޭނެ ކަމަށް އެ މަސައްކަތް ކުރާ ފަރާތުން ބުނެއެވެ.

ހަނދުގައި ހަރަކާތްތެރިވާ އުޅަނދުތައް މެދުވެރިކޮށް ދުނިޔެއަށް ފޮޓޯ އާއި ވީޑިއޯ މިހާރު ނުފޮނުވެނީ އެކަމަށް ވަރަށް ގިނަ ހަކަތަ ބޭނުންވާތީއެވެ. 4ޖީ ނެޓްވޯކްއާއެކު އެކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ހިޔާލު

ބާރީ

ހަނދަށް 4 ޖީ ދޭއިރު ރާއްޖެތެރެއަށް އަދިވެސް 3 ޖީ ދީފަ މިހުންނަނީ ނަމަކަށް، ލައްވާލީމަ 4ޖީ، ހުޅުވާލީމަ 3 ޖީ، ޖައްސާލީމަ 2ޖީ، ޑައުންލޯޑް ކުރަންވީމަ ނޯޖީ....ދިރާގު އެންޑް އުރީދޫ ފެއިލް، ޓެލެކޮމިޔުނިކޭސަން އޮތޯރިޓީ ސްލީޕިން، ސަރުކާރު ޑްރަންކާޑް