2 Kidney Final Stage gai, Beynunvanee Dheelathi Ehee
image
0 ކޮމެންޓް
 

ދެ ކިޑްނީ ފައިނަލް ސްޓޭޖުގައި، ބޭނުންވަނީ ދީލަތި އެހީ

ކިޑްނީ ބަލީގެ ވޭނުގައި ދުވަސްތައް ހޭދަކުރަން ޖެހުމަކީ އެކަން ދިމާވެފައިވާ ފަރާތަކަށް ނޫނީ އިހުސާސް ކުރެވޭނެ ކަމެއް ނޫނެވެ. kobadoctor
މާލެ، މ. މެރީލޮޖް އުމުރުން 46 އަހަރުގެ އިސްމާއިލް ސަމްރެޒް ދިޔައީ އޭނާގެ އަނބިމީހާ އާއި ލޯބިވާ ދެ ދަރީންނާއެކު އުފާވެރި ދުވަސްތަކެއް ވޭތު ކުރަމުންނެވެ. ނަމަވެސް މީގެ ގާތްގަނޑަކަށް ހަތަރު އަހަރު ކުރިން، އިސްމާއިލްގެ ލޮލުގެ ފެނުމުގައި ފުސް ކަމެއް ހުރިކަން ފާހަގަ ކުރެވުނެވެ. ޑޮކްޓަރަށް ދައްކާ ހެދި ޓެސްޓްތަކުން އެނގުނީ އިސްމާއިލްގެ ކިޑްނީގައި މައްސަލަތަކެއް ހުރި ކަމެވެ.

ޑޮކްޓަރުން އެންމެފަހުން ބުނި ގޮތުގައި އިސްމާއިލްގެ ދެ ކިޑްނީގެ ފަންގްޝަން އިންތިހާއަށް ދަށަށް ގޮސް، ދެ ކިޑްނީ ވަނީ ފައިނަލް ސްޓޭޖުގައެވެ.

ހަފުތާއަކު ދެ ފަހަރު ޑައިލެސިސް ހަދަން ޖެހިފައިވާ އިސްމާއިލް ބުނި ގޮތުގައި ކިޑްނީ ޑޯނަރެއް ހޯދުމަށް ކުރި މަސައްކަތް މިހާރު ވަނީ ކާމިޔާބުވެފައެވެ.

"އަޅުގަނޑުގެ ދޮށީ ދަރިފުޅަށް 18 އަހަރު ވެއްޖެ. ދަރިފުޅު ކިޑްނީ ޑޮނޭޓް ކުރަނީ. ކްރޮސް މެޗް ހެދޭނީ ރާއްޖެއިން ބޭރަށް ގޮސްގެން. ދަރިޔެއްވީމަ ދިމާވުމުގެ ޗާންސް ބޮޑުކަމަށް ޑޮކްޓަރުން ބުނަނީ" އިސްމާއިލް ބުންޏެވެ.

އޮޕަރޭޝަންގެ ހަރަދުތައް އާސަންދައިން ހަމަޖެހިފައި ވީނަމަވެސް އޮޕަރޭޝަން ކުރުމަށް ގައުމުން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހޭއިރު އެކަމަށް ބޮޑު ހަރަދެއް ހިނގާ ކަމަށް އިސްމާއިލް ބުންޏެވެ.

"އޮޕަރޭޝަނަށް ފުރަނީ މިމަހު. މިކަމާ ގުޅޭ ގޮތުން މީގެ ކުރިން ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަންކޮށްފައިވާ ބައެއް މީހުންނާ ވާހަކަ ދައްކާލިން. ބައެއް މީހުން އެބަ ބުނޭ އޮޕަރޭޝަން ކުރަން ގޮސް ހަ މަސް ދުވަސް ވަރު ހޭދަ ވާނެ ކަމަށް. އަޅުގަނޑު އޮޕަރޭޝަނަށް ދަނީ އިންޑިއާގެ ބެންގަލޫރުގެ އެންޔޫ ހޮސްޕިޓަލަށް." އިސްމާއިލް ބުންޏެވެ.

އިސްމާއީލް ސަމްރެޒް އަށް އެހީތެރިކަން ފޯރުކޮށް ދޭން ބޭނުންވާ ފަރާތްތަކުން އާއިލާއާ ގުޅުމަށް އެއާއިލާއިން އެދެއެވެ.

އިސްމާއިލް ސަމްރެޒް: މޮބައިލް ނަންބަރު 7925156
އެކަައުންޓް ނަންބަރު: 101 450817 7713
ހިޔާލު