Feydhoo Accident gai Aniyaavi Meehaa Male' Fonuvaalanee
image
އެކްސިޑެންޓް ހިނގި ސަރަހައްދު-- ފޮޓޯ: އައްޑޫލައިވް
0 ކޮމެންޓް
 

ފޭދޫ އެކްސިޑެންޓުގައި އަނިޔާވި މީހާ މާލެ ފޮނުވާލަނީ

ފޭދޫ ބޮޑު މަގުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ބިދޭސީ މީހާ މާލެއަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.
އަނިޔާވި ބިދޭސީ މީހާ މާލެއަށް ފޮނުވުމުގެ މަސައްކަތް ކުރަނީ އޭނާގެ ބޮލަށް އަނިޔާވެފައިވާތީ ސީޓީ ސްކޭނެއް ހަދަން ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ، އަނިޔާވި ބިދޭސީ މީހާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.

"ޕޭޝަންޓުގެ ހާލު ސީރިއަސް އެއް ނޫން. ބޯފެޅިފަ ހުރީމަ ގެއްލުމެއްވެފަ ހުރިތޯ ބަލަން ސީޓީ ސްކޭނެއް ހަދަން ޖެހޭތީ މާލެ ފޮނުވަނީ." ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެއެވެ.

މާލެއަށް ފޮނުވާނުލެވި ލަސްވަނީ ޖާގައެއް އަދި ނުލިބޭތީ ކަމަށް ވެސް އެހޮސްޕިޓަލުން ބުނެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ އެކްސިޑެންޓު ހިނގާފައިވަނީ ދެ ސައިކަލު ޖެހިގެން ރޭ އިރާކޮޅުގެ ވަގުތެއްގައެވެ.
ހިޔާލު