Maamigili Airport Qasimah 99 Aharah Dhinumugai Corruptioneh Nei: ACC
image
ގާސިމް އިބްރާހީމް---
0 ކޮމެންޓް
 

މާމިގިލީ އެއާޕޯޓު 99 އަހަރަށް ގާސިމަށް ދިނުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

މާމިގިލީ އެއާޕޯޓު ހިންގުމަށް ގާސިމް އިބްރާހީމްގެ ވިލާއެއާއަށް ދީފައިވާ މުއްދަތު 99 އަހަރަށް އިތުރުކޮށް ދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަމެއް ހިންގާފައިވާކަން ފާހަގަ ކުރެވިފައި ނުވާ ކަމަށް އޭސީސީން ބުނެފިއެވެ.
މާމިގިލީ އެއާޕޯޓު 99 އަހަރަށް ވިލާއަށް ދޭން ނިންމީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައެވެ. ވިލާއެއާއަށް މާމިގިލި އެއާޕޯޓު ކުއްޔަށް ދޭން ނިންމާފައިވަނީ އިކޮނޮމިކް ކޮމިޓީން ނިންމައިގެންނެވެ.

އެކޮމިޓީގައި އޭރު ތިއްބެވީ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝަފީއާއި ހައުސިން މިނިސްޓަރު ޑރ. މުހަންމަދު މުއިއްޒާއި ޓްރާންސްޕޯޓް މިނިސްޓަރު ޑރ.އަހުމަދު ޝަމްހީދާއި އެންވަޔަރަމެންޓް މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާއާއި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ.

މާމިގިލީ އެއާޕޯޓަކީ ގާސިމް އިބްރާހީމް އަމިއްލައަށް ހައްދަވާފައިވާ އެއާޕޯޓެކެވެ. އެ އެއާޕޯޓު ހުޅުވާފައިވަނީ 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

އެ މައްސަލަ ބެލުމަށްފަހު އޭސީސީން 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު ނިންމާފައިވަނީ މައްސަލާގައި ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ފަދަ ކޮރަޕްޝަން ގެ ޢަމަލެއް ހިންގާފައިވާކަން ފާހަގަ ނުކުރެވޭ ކަމަށެވެ.

މާމިގިލީ އެއާޕޯޓަކީ އިންޓަނޭޝަނަލް އެއާޕޯޓެއް ކަމަށް ރައީސް ވަހީދުގެ ސަރުކާރުގައި ވަނީ ކަނޑައަޅާފައެވެ. ނަމަވެސް ފަހުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކަރުގައި އެ އެއާޕޯޓުވަނީ ޑޮމެސްޓިކް އެއާޕޯޓަކަށް ބަދަލުކޮށްފައެވެ.
ހިޔާލު