Shaahidhaa ge Hashigandu Mortuary gai, Maruge Mahsalaigai Myhaku Hahyareh Nukurey!
image
ޝާހިދާގެ ހަށިގަނޑު ލޯންޗަށް އަރުވަނީ--- ފޮޓޯ: ވަގުތު
0 ކޮމެންޓް
 

"ޝާހިދާގެ ހަށިގަނޑު މޯޗަރީގައި، މަރުގެ މައްސަލާގައި މީހަކު ހައްޔަރެއް ނުކުރޭ"

މިމަހުގެ އެއްވަނަ ދުވަހުގެ ފަތިހު ހދ. ނޮޅިވަރަމުގައި ދަން ޖެހިފައި ހުއްޓާ ފެނުނު ޝާހިދާ އަލީގެ ހަށިގަނޑު އަދިވެސް އޮތީ މޯޗަރީގައި ކަމަށް ފުލުހުން ބުނެފިއެވެ.
ޝާހިދާ ދަންޖެހިފައި ހުއްޓާ ފެނުނީ އޭނާ ދިރިއުޅެމުންދިޔަ ގޭގެ ގިފިލި ތެރޭގައެވެ. އެ މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

ނަފުސާނީ ބައްޔަކަށް ބޭސްކުރަމުންދިޔަ ޝާހިދާގެ މަރާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެފައިވާއިރު، ޝާހިދާގެ މަރާއި ގުޅިގެން އޭނާގެ ފިރިމީހާ ހައްޔަރުކުރި ކަމަށް ބުނެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ޝާހިދާގެ އަވައްޓެރިންނާއި ހަވާލާދީ ބައެއް އޮންލައިން ނޫސްތަކުގައި ރިޕޯޓުކުރާ ގޮތުގައި، ގޭތެރޭގައި ޖެހޭ މައްސަލަތަކާއި ގުޅިގެން ރުޅިވެރިކަމާއި އެކު އަޑުހަރުކޮށް ޝާހިދާގެ ފިރިމީހާ އޭނާ އަށް މުހާތަބުކުރެއެވެ.

ޝާހިދާ މަރުވިއިރު އޭނާގެ ކުޑަ ދެކުދިން ދުނިޔޭގައި އެބަތިއްބެވެ.
ހިޔާލު