Astori Ge Maruge Thahugeegu Italy Fuluhun Fashaifi
image
0 ކޮމެންޓް
 

އަސްޓޯރީގެ މަރުގެ ތަހުގީގު އިޓަލީ ފުލުހުން ފަށައިފި

ދާދިފަހުން މަރުވެފައި އޮތްވާ ފެނުނު ފިއޮރެންޓީނާގެ ފުޓްބޯޅަ ކުޅުންތެރިޔާ، ޑޭވިޑް އެސްޓްރޯގެ މަރުގެ ތަހުގީގެއް އިޓަލީގެ ފުލުހުން ފަށައިފިއެވެ.
ހޮޓަލެއްގެ ތެރޭގައި ކުއްލި ގޮތަކަށް މަރުވެފައި އޮތްވާ ފެނުނު 31 އަހަރުގެ ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތްނޭގޭ މަރުގެ ތަހުގީގު ފަށާފައިވާކަން އިޓަލީގެ ފުލުހުން މީޑިޔާތަކަށް ވަނީ ކަށަވަރު ކޮށްދީފައެވެ. ނަމަވެސް ތަހުގީގާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

އުދިނޭސީއާ ދެކޮޅަށް އިޓަލީ ލީގުގައި ނުކުންނަށް މެޗަށް ޓީމާއެކު ކެމްޕް ކުރަމުން ދަނިކޮށް ކުއްލި ގޮތަކަށް މަރުވެފައި އޮތްވާ ފެނުނު ފުޓްބޯޅަ ކުޅުންތެރިޔާގެ މަރާ ބެހޭ ގޮތުން ސުވާލުތަކެއް އުފެފައިވާއިރު ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ މަރުވެފައިވަނީ ހިތް ހުއްޓިގެންނެވެ.
ހިޔާލު