Dhaka Abahani Balikoh New AFC CUP ge Feshun Rangalhu Koffi
image
ނިއު ރޭޑިއަންޓުގެ އަލީ ފާސިރު ފޮޓޯ:--ވީމީޑިއާ
0 ކޮމެންޓް
 

އަބަހާނީ ބަލިކޮށް ނިއު ރޭޑިއަންޓު އޭއެފްސީ ކަޕުގެ ފެށުން ރަނގަޅުކޮށްފި

އޭއެފްސީ ކަޕުގެ ފުރަތަމަ މެޗުގައި ޑާކާ އަބަހާނީއާ ބައްދަލު ކުރި މެޗުން ތިން ޕޮއިންޓު ހޯދާ ނިއު ރޭޑިއަންޓުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
ބަންގްލަދޭޝްގައި ކުޅުނު މި މެޗު އަބަހާނީއާ ވާދަކޮށް ނިއު އިން މެޗު ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ނިއުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންގޮސްްފައިވާއިރު ޖުމްލަ ގޮތެއްގައި ގިނަ ވަގުތު ބޯޅަ ހިފައްޓާ ރަނގަޅު ހަމަލާތަކެއް އުފެއްދީ ވެސް އެޓީމުންނެވެ. ނަމަވެސް އަބަހާނީން ވެސް ވަނީ ނިއުގެ ގޯލަށް ނުރައްކާ ކޮށްފައެވެ.

މެޗުގައި ފެނިގެންދިޔައި ހަމައެކަނި ގޯލު މެޗުގެ 57 ވަނަ މިނެޓުގައި ޖަހައިދިނީ ނިއު ރޭޑިއަންޓުގެ ކުރިއަށް ކުޅެމުން އަންނަ ހުނަރުވެރި ކުޅުންތެރިޔާ އަލީ ފާސިރު (ސެންޓޭ) އެވެ.

މި މޮޅާއެކު ނިއު ވަނީ ތިން ޕޮއިންޓާއެކު އެޓީމު ހިމެނޭ ގްރޫޕް އީގެ ގްރޫޕް އެއްވަނަ އަށް ޖެހިލާފައެވެ.

މުބާރާތުގައި ނިއު ދެން ކުޅޭ މެޗު އޮންނާނީ މި މަހުގެ 14 ވަނަ ދުވަހު ރާއްޖޭގައެވެ. އެ މެޗުގައި ނިއު ރޭޑިއަންޓު ނިކުންނާނީ އިންޑިއާގެ އައިޒޯލްއާ ދެކޮޅަށެވެ.

ހިޔާލު