Hendhunu Linboa Juice Buimun Gina Faidhaathakeh
image
3 ކޮމެންޓް
 

ހެނދުނު ލުނބޯ ޖޫސް ބުއިމުން ގިނަ ފައިދާތަކެއް

ލިނބޯ ޖޫހަކީ ސިއްހީ ގޮތުން ގިނަ ފައިދާތަކެއް ހަށިގަނޑަށް ލިބޭ އެއްޗެކެވެ. Dhiraagu
ކޮންމެ ދުވަހަކު ހެނދުނު ހުސްބަނޑާހުރެ ލިނބޯ ފަނި ބޭނުންކުރާނަމަ ސިއްހީ އެތަށް ފައިދާއެއް ހަށިގަނޑަށް ލިބޭކަމަށް ސިއްހީ މާހިރުން ބުނެއެވެ.

އެގޮތުން ލިބޭ ބައެއް ފައިދާތަކުގެ ތެރޭގައި
• ބަރުދަން ލުއި ކޮށް ދިނުން.
ލިނބޮލުގައި ހިމެނޭ ބައެއް މާއްދާތަކުގެ ސަބަބުން ބަރުދަން އެއްވަރެއްގައި ހިފަހެއްޓުމަށް އެހީއަކަށް ވެއެވެ. އެގޮތުން ކޮންމެ ދުވަހަކު ހުސް ބަނޑާ ލިނބޯ ޖޫސް ބޭނުންކުރާނަމަ ބަރުދަން ލުއި އަވަހަށް ލުއިކޮށްދިނުމަށް އެހީއަކަށް ވެއެވެ.

• ހަންގަނޑަށް ރީތިކަން ގެނެސްދޭ
ވިޓަމިން ސީ ގެ މާއްދާތައް ލިނބޮލުގައި އެކުލެވުމުގެ ސަބަބުން ލިނބޯ ބޭނުންކުރާނަމަ ހަންގަނޑު އޮމާންވެ އަންގަނޑު އަލިވުމަށް އެހީއަކަށް ވެއެވެ. އެމެރިކަން ސޮސައިޓީ ފޯ ކްލިނިކަލް ނިއުޓްރިޝަން ގެ ރިސާޗަކުން ދައްކާގޮތުގައި ވިޓަމިން ސީ އެކުލެވޭ މާއްދާތައް އެކުލެވޭ ކާނާގެ ބާވަތްތައް ބޭނުންކުރާނަމަ މޫނުގައި ރޫޖެހުން ފަދަކަންކަން ހައްލުވެއެވެ.

• ކިޑްނީގައި ހިލަ އުފެދުމުން ރައްކާތެރިކޮށްދޭ
ލިނބޯ ޖޫސް ބޭނުން ކުރާނަަމަ އޭގައި އެކުލެވޭ ވިޓަމިން ސީ ގެ ސަބަބުން ކިޑުނީގައި އެފެދޭ ހިލައިން ރައްކާތެރިކޮށްދެއެވެ. ޔޫވީ ހެލްތުން ބުނާ ގޮތުގައި ސިޓްރިކް އެސިޑް ބޭނުންކުރާ ނަމަ ކިޑްނީގައި ހިލަ އުފެދުން ފަދަ ކަންކަމުން ރައްކާތެރިކޮށްދެއެވެ.

• ފުރަމޭގެ މަސައްކަތްތައް ރަނގަޅުކޮށްދޭ
ލިނބޯ ޖޫހަކީ ފުރަމޭގެ މަސައްކަތްތައް ރަނގަޅުކޮށްދޭ ބުއިމެކެވެ. އަދި އެއީ ފުރަމެއަށް ޖެހޭ ބަލިތަކުން ރައްކާތެރިކޮށްދޭ ބުއިމެއްވެސް މެއެވެ.

ލިނބޮލަކީ ދިވެހިން އާންމުގޮތެއްގައި ކެއުމުގައި ބޭނުންކުރަމުން އަންނަ އެއްޗެކެވެ، އަދި ރީތިވުމައްޓަކައިވެސް ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ އެއްޗެކެވެ.
ހިޔާލު

ކުނޫޒް

ލިބޯ އޮންނާނީތަ ނޫނީ އޮންނާނީތަ

ލިބޮނލަކީ

ލިބޮނލަކީ ގޭސްޓަރައިޓިސް، ހަންގަނޑު ހިކުން އަދި ދަތްތައް ގިރުމަށް މަގުފަހިކުރާ އެއްޗެްްއް

މޮޔަ

"ލިނބޮލަކީ" އެހެންތަ އިންނާނީ