Emme Rangalhee adu harukoh Bismi kiun: Fathuva
image
އިސްލާމީ މަރުކަޒު
6 ކޮމެންޓް
 

އެންމެ ރަނގަޅީ އަޑު ހަރުކޮށް ބިސްމި ކިއުން: ފަތުވާ

ނަމާދު ކުރުމުގައި އަޑު ހަރުކޮށް ޤުރުޢާން ކިޔަވާ ނަމާދު ތަކުގައި ފާތިހާ ސޫރަތް ކިޔެވުމުގެ ކުރިން އަޑު ހަރުކޮށް ބިސްމި ކިއުމަކީ އެންމެ ރަނގަޅު ގޮތްކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ބުނެފި އެވެ.
އަންގާރަ ދުވަހު އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނެރުއްވި ފަތުވާގައި ބުނެފައިނީ އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި ކީރިތި ރަސޫލާ ސޫރަތުލް ފާތިހާ ކިޔަވާ ވިދާޅުވާއިރު ބިސްމި ބާރަށް ވިދާޅުވިކަން އަދި ބައެއް ފަހަރު ސިއްރުން ވިދާޅުވި ކަން ވެސް އެކަލޭގެފާނުގެ ސުންނަތުން ސާބިތުވާ ކަމުގައެވެ.

ރައްޔިތުންގެ ދީނާ ވަހްދަތު އާލާކޮށް، އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި، އަޑު ހަރުކޮށް ކިޔަވާ ނަމާދުތަކުގައި އިމާމުން އަމަލު ކުރުން އެންމެ ރަނގަޅު ގޮތަކީ ބިސްމި ބާރަށް ކިޔުން ކަމަށްވެސް ފަތުވާގައި ބުނެފައި ވެއެވެ.

އެގޮތަށް ނިންމާފައިވަނީ ރާއްޖޭގައި ފަރްއީ ހުކުމްތަކުގައި އަމަލު ކުރަމުން އަންނަނީ ޝާފިއީ މަޒްހަބްގައިވާ ގޮތަށް ކަމަށްވާތީކަމަށްވެސް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ބުނެފައި ވެއެވެ.
ނަމާދު
ހިޔާލު

ގޫޑް އެމްބެސެޑަރު

މަޖިލީހުގެ ފަތުވާއާ އެއްގޮތަށް މަޖިލީހުގެ މުވައްޒަފުން ޢަމަލެއް ނުކުރޭ! އިސްލާމީ މަރުކަޒުގެ އިމާމުން މިގޮތަކަށްނޫން އަމަލުކުރަނީ.

ތަކުރުފާނު

ކޮބާ ކޮންއިރަކު މިހިނގާ ފަސާދަތަކާ ދެކޮޅަށް ފަތުވާ އެއްނެރޭނީ؟ ބިސްމިކިޔާފަ ހުއްޓާލުމަކުން ނެތޭ ނިމޭކަށް

މަންސޫރު

އެންމެ ރަނގަޅީ ސިއްރުން ބިސްމިކިޔުން ކަމުގާ ލިޔެފައިވާ އެތެއް ފޮތެއް އިސްލާމިކު މިނިސްޓްރީން އެޕްރޫވް ކޮށްފައެބެހުރި. އެފޮތްތަކުގެ ހުއްދަވެސް ބާތިލްކުރަންވާނެ

ތަކުރުފާނު

މުސްކުޅިޔަކު ނިކުމެ ހަޅެލެވީމަ ކާކު އަޑު އަހަނީ. މިކަލޭގެ ކާރިން ކާކުތަ އެހީ އެންމެ ރަގަޅުގޮތް ބުނެދޭން ފެށީ. ޢަބްދުﷲ ޔާމީނަށް ރަގަޅުގޮތް ބުނެދީބަލަ. މިހާރު ހުރިހާ ކަންތައް ހުސްވެގެން މިސްކިތާ ފޮށެން މަގޭ ދީނަށް ގޮވަމުން ފެށީދޯ

މައުމޫން ޢަބްދުލް ޤައްޔޫމް

Emme Rangalhy Sirrun Bismi kiyun. http://shaafiu.press/archives/5686 via @muhammadshaafiu

މަރިޔަމް

ލޮލް...ތިޔަ ބުނާ ފަތުވާ ކޮމިޓީ އޮތް މީގެ ކުރިންވެސް، އޭރު ޝާފިއީ މަޒްހަބް ބޭނުންވާ ގޮތަށް ނުފެނުނީބާ!!