Mahibadhoo gai Ice Plant eh Bahahtany
image
އދ. މަހިބަދޫ-- ފޮޓޯ: ފްލިކް ރިވާ
3 ކޮމެންޓް
 

މަހިބަދޫގައި އައިސްޕްލާންޓެއް ބަހައްޓަނީ

ކުރިއަށްއޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި އދ. މަހިބަދޫގައި އައިސްޕްލާންޓެއް ބަހައްޓަން ނިންމާފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ. muni
އދ. އަތޮޅަކީ އައިސްޕްލާންޓެއް އެޅުމުގެ މަސައްކަތް މިހާރު ފަށާފައިނުވާ ހަމައެކަނި އަތޮޅުކަމުން އެއަތޮޅު މަހިބަދޫގައި އައިސްޕްލާންޓެއް ބެހެއްޓުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް މިހާރު ތައްޔާރުވެފައިވާކަމަށް ފިޝަރީޒް މިނިސްޓްރީ އިން ބުނެއެވެ.

މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން އެކި އަތޮޅުތަކުގައި ސަރުކާރުން އަންނަނީ އައިސްޕްލާންޓް ބަހައްޓަމުންނެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިސްޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިމޭނެކަމަށް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ. އަދި މަސްވެރިންނަށް އައިސް ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ރައީސް ފާހަގަކުރެއެވެ.
ހިޔާލު

ހަގީގަތް

ރަނގަޅު ފާލެއް. މަހިބަދޫ އާއި އޮމަދޫ އަކީ އދ. އަތޮޅުގެ ބޮޑުކަންނެލީގެ މަސައްކަތް އެންމެ ވަރުގަދައަށް ކުރާ ދެރަށް.

ދެކުނު އދ

މަހިބަދޫއަކީ އައސްޕްލާންޓް ހެދުމށް އެކަށީގެނެވާ ރަށެއް ނޫން.. އދ.ގެ ހަބަކީ މާމިގިލި. ބިންވެސް ބޮޑު، އެންމެ ބޮޑު އާބާދީއެއްވެސެ އޮތި މާމިގިލީގަ..މަސެވެރިނގެ ހުކުުރުދުވަހުގެ ބނދަރަު ކުރާމަރުކަޒަކި މާމިގިލި އުތުރު ބައިނަލެއަގެވަމީ ބަދަރު..މަހިބަދޫގަ ހެދުމަކީ ނަަަމަކަށެ ކުރާކަމެކޭ..

މަ

ބޭކަރު ކަމެއް.. މާމިގިލި ސަރަހައްދު އެއީ އެންމެގިނަ މަސްވެރން ނިކުންނަ އެންމެބޮދު އާބާދީ އޮންނަ ސަރަހައްދު.. މަހިބދޫގަ އެޅުމަކީ ފަޅު ރަށެއްގަ އެޅުން