Raa atoll ah dhathurukuri dhoayeh dhiyavathee Coast guard in eheetherivanee
image
ކޯސްޓްގާޑް ލޯންޗެއް
0 ކޮމެންޓް
 

ރ އަތޮޅަށް ދަތުރުކުރި ދޯންޏެއް ދިޔަވާތީ ކޯސްޓަގާޑުން އެހީތެރިވަނީ

ރ އަތޮޅަށް ދަތުރު ކުރަމުން ދިޔަ ދޯންޏަކަށް ދިޔަވާތީ ކޯސްޓާގާޑް މާލޭ އޭރިއާ ސްކޮޑްރަންއިން އެހީތެރިވަމުން ގެންދާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. Dhiraagu
އެމްއެންޑީއެފުން ބުނީ 55 ފޫޓުގެ “ސިގްނަލް” ނަމަކަށް ކިޔާ ދޯންޏަށް ދިޔަވާކަމުގެ ރިޕޯޓު ކޮށްފައިވަނީ މިއަދު 12:25 ހާއިރު ކަމުގައެވެ.

އެދޯންޏަކީ 7 މީހުނާއި އެކު ރ އިންނަމާދޫއަށް ދަތުރުކުރި ދޯންޏެއް ކަމަށާއި، އޭގައި ތިބީ ހަ ދިވެހިންނާއި ބިދޭސީއެއްކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

ދޯންޏަށް ދިޔަވާންފެށީ ކ ގާފަރުގެ ހުޅަނގުން ދަތުރު ކުރަމުން ދަނިކޮށްކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ. ނަމަވެސް އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.
ހިޔާލު