Riyaz ge Body Guard ge phone athulaifi
image
މިމަހުގެ ދެ ވަނަ ދުވަހު ރިޔާޒް އަދި ޝާހިދު ހައްޔަރުކޮށްގެން ގެންދަނީ
0 ކޮމެންޓް
 

ރިޔާޒްގެ ބޮޑީގާޑްގެ ފޯނު އަތުލައިފި

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒުގެ ބޮޑީގާޑްގެ ފޯނު ފުލުހުން އަތުލައިފިއެވެ. muni
ކިނބިދޫ ދާއިރާގެ މެމްބަރުކަމާއި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަޤާމުގައި ހުންނެވި ރިޔާޒުގެ ބޮޑީގާޑް ނިޒާމްގެ ފޯނު ފުލުހުން އަތުލާފައިވާކަމަށް ޖުމްހޫރީ ޕާޓީން ބުނެއެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން ފުލުހުން އަދި ވަކިއެއްޗެއް ނުބުނެއެވެ.

ރިޔާޒު ހައްޔަރު ކޮށްފައިވަނީ މިމަހުގެ ދެ ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މަޖީދީ މަގުގައި ބޭއްވި އެއްވުމުގެ ތެރެއިން ސޯސަންމަގު ސަރަހައްދުގައި ހުންނަވަނިކޮށެވެ.

އެދުވަހު މަޖިލީހުގެ އިތުރު މެމްބަރުންނާއި ބައެއް އާއްމު ރައްޔިތުންވެސް ހައްޔަރުކުރި ނަމަވެސް ފަހުން އެންމެންވަނީ ދޫކޮށްލާފައެވެ. ނަމަވެސް ރިޔާޒު ދޫކޮށްނުލައެވެ.

ފުލުހުން ފަހުން ބުނެފައިވަނީ ރިޔާޒު ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމުގައެވެ.
ހިޔާލު