Kulli Haalathuge mUhdhathu Hamavejje, Hayyarugai Thibi Emmen Dhookollaa: Ali Hussain
image
އަލީ ހުސައިން މަޖިލީހުގެ ޖަލްސާއެއްގައި---
5 ކޮމެންޓް
 

ކުއްލި ހާލަތުގެ މުއްދަތު ހަމަވެއްޖެ، ހައްޔަރުގައި ތިބި އެންމެން ދޫކޮށްލާ: އަލީ ހުސައިން

ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ހާލަތުގެ މުއްދަތު ހަމަވެފައިވާ ކަމަށާއި ކުއްލި ހާލަތުގެ ދަށުން ހިފަހައްޓާފައިވާ ހައްގުތަކާއި ރައްޔިތުން ދޫކޮށްލަން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ގޮވާލައްވައިފިއެވެ. muni
ގާނޫނީ ވަކީލުކަން ވެސް ކުރައްވާ އަލީ ހުސައިން ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން މިއަދު ވިދާޅުވީ ކުއްލި ހާލަތު ނިމުމަކަށް އައި ކަމަށް ވިދާޅުވަނީ އެ ކުއްލި ހާލަތު ބަލައި ގަންނާތީ ނޫން ކަމަށެވެ. ނަމަވެސް ގާނޫނާ ހިލާފަށް ރައީސް ޔާމީން އިއުލާން ކުރެއްވި ކުއްލި ހާލަތުގެ މުއްދަތު މަޖިލީހުން އިތުރު ކޮށްދިން މުހުލަތު ވެސް މިހާރު ހަމަވެފައިވާ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވީ މަޖިލީހަށް ރައީސް ޔާމީން ފޮނުއްވީ ކުއްލި ހާލަތު 30 ދުވަހަށް އިތުރުކޮށް ދިނުމަށް ކަމަށާއި އެ މުއްދަތު 30 ދުވަހަށް އިތުރު ކުރުމުން މާޗު މަހުގެ ހަތްވަނަ ދުވަހަށް ކުއްލި ހާލަތު ނިމިފައިވާ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

މާޗު މަހުގެ ހަތްވަނަ ދުވަހު ކުއްލި ހާލަތު ނިމުމަކަށް އައިސްފައިވާ އިރު ކުއްލި ހާލަތުގެ ދަށުން ހިފަހައްޓާފައިވާ ހައްގުތަކާއި ދިވެހި ރައްޔިތުން ވަގުތުން ދޫކޮށްލަން ވެސް އަލީ ހުސައިން ގޮވާލެއްވިއެވެ.

އަލީ ހުސައިން ވިދާޅުވީ ގާނޫނު އަސާސީއާއި ހިލާފަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ކުރުމަކީ ރައްޔިތުންނާ ދެކޮޅަށް ކުރި "ބަގާވާތެއް" ކަމަށެވެ. އަދި ކުއްލި ހާލަތަކީ ފޭކު އެއްޗެއްކަން ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ މެންބަރުން ވެސް ގަބޫލު ކުރައްވާ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.
ހިޔާލު

ކަނބުރު

ޤަނޫނީ ވަކީލަކަށޤ މިހާރުދެން މީހުން ބަލަި ނުގަންނަ ހިސާބަށް ތިޔަ ވެއްޓެނި! މިތާކު ނޫޅޭ ކޮސް ގޮވާ އަޑު އަހާ މީހަކު!!! ތިކޮހުނ ްކުރާ މަސައްކަތް އީޔޫ ޕާލަމެންޓް އެޖެންޑާއިން ސާފުވޭ!

އަހަންމާބެ

ކަލޯ މާބޮޑު ޤާނޫނީ މީހަކަށްވެގެން އުޅޭނެ ކަމެއްނެތް، ދިވެހިރާއްޖޭގެ ޤާނޫނުތަކުގައިހުރީ ކަޅާއިހުދުން ލިޔެވިފައިހުރި އެއްޗެއް، ކަލޯމެންނޫނަސް އޭގައިވާ އެއްޗެއް ދަންނަމީހުން މަދެއްނޫން، ތިޔަގޮވެލި ފައްޗެއް ގޮވަގޮވަހުއްޓާ މިއޮއްގެން 2018 ގެ ރިޔާސީ އިންތިޚާބު ބޯމަތިވަނީ، ދެންވެސް ތިކަން ހުއްޓާލާފައި ރަނގަޅު ކެންޑިޑޭޓަކު ނެރެވޭތޯ ބަލާ! ޔާމީނު ބަލިކުރަންޏާ ކުރަންވީ ކަމަކީ އެއީ.

ހަަސަނުގޯތީ އާދަނު

އައްޔާ ތިދައްކަނީ ކަޑުކޮހުންދައްކާފާޑުގެ ވާހަކަ. ކުޑަކޮށް ވިސްނާލަބަލަ ދެކެވޭ ވާހަކައަށް. ހަރުދަނާވާށެވެ. މީ ނަސޭހަތެކެވެ.

ކޮލެޖް ބޯއީ

އަލީ އަށް ހާދަ އެނގެނީ. އަނެއްކާ އިލްހާމު ވަނީ ތަ؟

ކަކާ

އަދުރޭ ކާރިން އެހީމަ އެނގޭނީ. މިހާރު ގައުމުގައިހުރި ހަރެ ފަން މައުލާ އެއީ.