Addugai Nurakkaatheri Accidenteh Hingai Meehaku Maruvejje
image
އައްޑޫގައި މިރޭ އެކްސިޑެންޓުވި ކާރު---ފޮޓޯ:އައްޑުލައިވް
0 ކޮމެންޓް
 

އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެ

އައްޑޫސިޓީގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު މަރުވެއްޖެއެވެ. muni
ކުނިކޮށި ކައިރީ ލިންކުރޯޑުގައި ކާރަކާއި ސައިކަލެއް ޖެހި އެ އެކްސިޑެންޓު ހިނގާފައިވަނީ 6:45 އެހާކަށްހާއިރުއެވެ.

މަރުވެފައިވަނީ އެކްސިޑެންޓުވި ސައިކަލު ދުއްވަން އިން މީހާއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ވަނީ އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ބުނެފައެވެ. އެނގިފައިވާ ގޮތުގައި އެކްސިޑެންޓްގައި މަރުވީ ހިތަދޫ ނޫމުގުމާގޭ މުހައްމަދު ރަމްޝް ރިޔާޒެވެ.

އެނގިފައިވާ ގޮތުގައި މުހައްމަދު ރަމްޝް ރިޔާޒުގެ ގަޔަށް އެހެން ކާރެއްއަރާ ރިޔާޒަށް ވަނީ ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.
ހިޔާލު