Irumathee Ghoutage Emme Bodu Avah Syria Sifain Hifaifi
image
ޣޫތާ ސިފައިން ދަނީ ވަރުގަދަ ހަމަލާތަކެއް ދެމުން---ފޮޓޯ:އޭއެފްޕީ
0 ކޮމެންޓް
 

އިރުމަތީ ޣޫތާގެ އެންމެ ބޮޑު އަވަށް ސީރިއާ ސިފައިން ހިފައިފި

އިރުމަތީ ޣޫތާގެ އެންމެ ބޮޑު އަވަށް މެސްރަބާ ސީރިއާ ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފިއެވެ. dhi2
ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރިސޯސަސްއިން ހޮނިހިރު ދުވަހު ބުނެފައިވާ ގޮތުގައި އަސްކަރިއްޔާއިން މިހާރު ދަނީ މެސްރަބާގެ ކައިރީގައި ހުރި ދަނޑުބިންތަކާ ދިމާލަށް ކުރިއަށް ޖެހެމުންނެވެ.

ސީރިއާގެ ގައުމީ ޓީވީން ބުނެފައިވާ ގޮތުގައި ޣޫތާގެ މެދުތެރޭގައި އަސްކަރިއްޔާއިން ދަނީ ވަރުގަދައަށް ހަރަކާތްތެރިވަމުންނެވެ.

ޣޫތާގައި ސީރިއާ ސަރުޔކާރުން މިހާރު ހިންގަމުންދާ އޮޕަރޭޝަންގައި މިހާތަނަށް 1002 މީހަކުވަނީ މަރުވެފައެވެ. ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރިސޯސަސްއިން ރިޕޯޓު ކުރާ ގޮތުގައި އޭގެތެރޭގައި 215 ކުޑަކުދިންނާއި 145 އަންހެނަކު ހިމެނެއެވެ.

ޣޫތާގައި ދެމުންދާ ހަމަލާތައް ހުއްޓާ ނުލާނެ ކަމަށް ސީރިއާގެ ރައީސް ބައްޝާރުލް އައްސަދުވަނީ ވިދާޅުވެފައެވެ.
ހިޔާލު