Umuru dhuvahu verikamuga hunnevey gothah china ge qaanoon asaaseeah badhalu genesfi
image
ބަދަލު ގެންނެވުމާއި ގުޅިގެން ޗައިނާގެ ރައީސް އުފާފާޅު ކުރައްވަނީ--
7 ކޮމެންޓް
 

އުމުރު ދުވަހު ވެރިކަމުގައި ހުންނެވޭ ގޮތަށް ޗައިނާގެ ގާނޫނު އަސާސީއަށް ބަދަލު ގެނެސްފި

ޗައިނާގެ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް އުމުރު ދުވަހު އެ މަގާމުގައި ހުންނެވޭ ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެނެސްފިއެވެ. Dhiraagu
ގާނޫނު އަސާސީއަށް އެ ބަދަލު ގެނެސްފައިވަނީ އާދިއްތަ ދުވަހު ބޭއްވި ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގައެވެ.

އެ ބަދަލު ގެނައުމަށް ނެގި ވޯޓުގައި 2964 މެންބަރުން ބައިވެރިވެވަޑައިގެންނެވިއިރު ނުފެންނަ ކަމަށް ވޯޓު ދެއްވީ ދެ މެންބަރުންނެވެ. ވަކި ކޮޅަކަށް ވޯޓު ނުދެއްވާ ތިން މެންބަރުން ތިއްބެވިއެވެ.

އެ ބަދަލާއެކު ޗައިނާގެ ރައީސަށް އުމުރު ދުވަހު ވެރިކަމުގައި ހުންނެވޭނެއެވެ. މިހާތަނަށް ޗައިނާގެ ގާނޫނު އޮތް ގޮތުން ރައީސަށް ލިބިވަޑައިގަންނަވާނީ ފަސް އަހަރުގެ ދެ ދައުރެވެ.
ހިޔާލު

ހުއްބުލްވަތަން

އުމުރުދުވަސް، މީހާ ދުނިޔޭގައި ހުރިހައި ދުވަހު. އެހެނަސް މީހާ ބަލިވެ އެނދުމަތިވީމާ ހެދި ޤާނޫނު އަނެއްކާވެސް ހަދަންޖެހިފަ އޮންނާނީ. ވިސްނާ ބަޔަކަށް އިބުރަތެއް.

ހެހޭ

ދެން އެންމެ އަވަހަށް ތިކަންކުރާނީ މިއޮތް ސަރުކާރުން،

ބާބޫ

ޔަގީ ތިކަން ރާއްޖޭގައިވެސްކުރާނެ

ޕޮގުބާ

ރާއްޖޭގަވެސް އެގޮތަށް ގާނޫނު ހަދަންވީ ރައީސްޔާމީން ވެރިކަމުގަ އުމުރު ދުވަހު ބަހައްޓަން ގާނޫނަކުން ފާސްކުރުމަކީ ދިވެހިރަތްޔިތުންގެ ވާޖިބެއް انشا الله

ނޫރީ

ޢުމުރުދުވަހު ރައީސްކަމުގެ މަޤާމުގައި ހުރެވޭނެކަމަށް ދެން އެންމެ އަވަހަށް ޤާނޫނުއަސާސީއަށް ބަދަލު ގެންނާނީ މި ދިވެހިރާއްޖޭގައިކަމަށް ވަރަށް ބޮޑަށް ޔަޤީންކުރެވޭ. އެއީ މމިހާރު ވެރިކަމުގައި ތިބި މީހުންގެ މައިގަނޑު އަމާޒަކަށް ވާނީ. ވޯޓް ހޯދަން ރައްޔިތުންގެ ގާތަށް ދާ ވިސްނުމެއް އެއްގޮތަކަށް ވެސް ހުރިހެންނެއް ހީއެއްނުވޭ.

ގާޒީ

ވަރައްފައްކާކަމެއް ތިއީ އަދުރޭކަިރީގަ ބުނެގެން ތިބިލް އަވަހައް ވައްދަންވީ.

ޙަސަން

ތީ މިޤައުމުގަހުރި ރައީސްވެސް ނުވެގެން އުޅޭކަންތައްތައް. ވޯޓަކުން ނުހޮވޭނެކަންއެއީ ދުވާލުގެ އިރުފަދައިން ޔަޤީންވާކަމެއް