Ranveer Singh aa Eku Priya Bollywood ah?
image
ރަންވީރު ސިންގް އަދި ޕްރިޔާ ޕްރަކާޝް--
0 ކޮމެންޓް
 

ރަންވީރު ސިންގ އާއެކު ޕްރިޔާ ބޮލީވުޑަށް؟

ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސޯޝަލް މީޑިއާ ބޭނުންކުރާ ގިނަ ބައެއްގެ ސަމާލުކަން ހޯދި ޕްރިޔާ ޕްރަކާޝް ވާރިޔާއަށް ބޮލީވުޑުގެ ފިލްމެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިއްޖެއެވެ. Dhiraagu
ޕްރިޔާގެ ކަތިނަޒަރަކުން ފިރިހެން ކުއްޖަކު ރަކިކޮށްލާ މަންޒަރު ފެނިގެންދާ ވީޑިއޯއަށް ފަހު ގިނަ ފިރިހެން ކުދިންގެ ހިތްތަކުން ޖާގަހޯދާފައިވާ ޕްރިޔާއަށް، ބޮލީވުޑްގައި މަސައްކަތްކޮށްލަން ލިބިފައިވަނީ އެކްޝަން އަދި އެންޓަޓެއިނިން ފިލްމެއްކަމަށްވާ 'ސިމްބާ' އިން ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

ރޯހިތް ޝެޓީ ޑައިރެކްޓުކުރާ އެފިލްމުގެ ލީޑު ބަތަލުގެ ގޮތުގައި ފެނިގެންދާނީ ރަންވީރު ސިންގް އެވެ. އެފިލްމުގެ ލީޑު ބަތަލާގެ ރޯލުން ފެނިގެންދާނެ ތަރި އަދި ޔަގީންނުވާއިރު އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓުކުރާ ގޮތުގައި ސިމްބާ ފިލްމުން ޕްރިޔާ ފެނިގެންދާނީ އާދައިގެ ރޯލަކުންނެވެ.

ރަންވީރު ސިންގް ފަދަ މަޝްހޫރު ފަންނާނަކާއެކު ބޮލީވުޑަށް ތައާރަފުވުމުގެ ފުރުސަތު ޕްރިޔާ އަށް ލިބިފައިވަނީ ކަރަން ޖޯހަރުގެ ސަބަބުންކަމަށް ވެއެވެ.

މިއަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ސިމްބާ ރިލީޒުކުރަން ހަމަޖެހިފައިވާއިރު، ޕްރިޔާގެ ފުރަތަމަ ފިލްމު މިއަހަރުގެ އީދުގެ ތެރޭގައި ނެރުމަށް ވަނީ ހަމަޖެހިފައެވެ.
ހިޔާލު