Jausa Trading Maldives Re-Brandkohfi
image
ޖާހް އިންވެސްޓްމަންޓް އިން ތަރައްގީކުރާ ދި ގާޑަންސް
0 ކޮމެންޓް
 

ޖައުސާ ޓްރޭޑިންގ މޯލްޑިވްސް ރީބްރޭންޑްކޮށްފި

"ޖައުސާ ޓްރޭޑިންގ މޯލްޑިވްސް ޕވޓ. ލޓޑ." ކުންފުނި ރީބްރޭންޑް ކޮށްފިއެވެ. Dhiraagu
ކުރިން ޖައުސާ ޓްރޭޑިންގެ ދަށުން ދިވެހިރާއްޖޭގައި ކުރަމުން އައި ވިޔަފާރި މިއަހަރުގެ ކުރީކޮޅު ރީބްރޭންޑްކޮށްފައި ވަނީ ޖާހް ޕވޓ. ލިމިޑ އަށެވެ.

އެ ބަދަލާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޖަހުދާން ޖައުފަރު ވިދާޅުވީ އެ ބަދަލަކީ ވިޔަފާރި އިތުރަށް ފުޅާކޮށް ތަރައްގީ ކުރުމުގެ މަގުސަދުގައި ގެނެވުނު ބަދަލެއް ކަމަށެވެ. ބަދަލާއި ގުޅިގެން ކުންފުނީގެ އެންމެ ބޮޑޫ އަމާޒަކީ އިމްޕޯޓް ވިޔަފާރި އާއި އިންވެސްޓްމަންޓް ދާއިރާ ކަމަށް ޖަހުދާން ޖައުފަރު ވިދާޅުވިއެވެ.

ޒަމާނުންސުރެ "ޖައުސާ" ގެ ކުޑައިގެ ދަށުން ޖައުސާ ކޮންސްޓްރަކްޝަންގެ ނަމުގައި ކުރަމުންއައި "އިމާރާތް ކުރުމުގެ ވިޔަފާރި" ކުރިއެކޭވެސް އެއްފަދައިން ނަމަށް އިތުރު ބަދަލެއް އައިސްފައެއް ނުވެއެވެ. ޖައުސާ ގެ ވިޔަފާރި އުފެދުމުގެ އަސްލު ނަމަކީ ޖައުސާއަށް ވެފައި ވިޔަފާރީގެ ފެށުމަކީ ކޮންސްޓްރަކްޝަން ދާއިރާ ކަމަށް ވާތީ ކޮންސްޓްރަކްޝަން ވިޔަފާރީގެ ނަމަށް އެއްވެސް ބަދަލެއް ގެނައުމެއްނެތި އެގޮތުގައި ކުރިޔަށް ދާނެކަމަށް އެ ކުންފުނިން ބުނެއެވެ.

ޖައުސާ ޓްރޭޑިންގެ ދަށުން ހިންގަމުންދާ ވިޔަފާރިތައް ރީބްރޭންޑް ކުރުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ދިވެހިރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ކުރީ ސަފުގައި ގުނާލެވޭ ޖައުސާ ކޮންސްޓްރަކްޝަންގެ ނަން އެ ގޮތުގައި ދަމަހައްޓާ ކޮންސްޓްރަކްޝަން ވިޔަފާރީގައި އާންމު ރައްޔިތުންނަން ބޮޑަށް އެނގިފައި އޮތް ނަމަކީ ޖައުސާއަށް ވާތީ އެނަން އެގޮތުގައި ދަމަހައްޓާ އެނަމުގައި ކޮންސްޓަރަކްޝަން ވިޔަފާރި އިތުރަށް ފުޅާކުރުމާއިއެކު، ޓްރޭޑިންގ ވިޔަފާރި އާބްރޭންޑެއްގެ ގޮތުގައި ކަސްޓަމަރުންނާ ހަމަޔަށް ގެނެސްދީ އިތުރު ޚިދުމަތްތަކެއް ތައާރަފްކޮށް ޒަމާނީ އާބަދަލުތަކަކާއި އެކު ވިޔަފާރި ފުޅާކުރުުން ކަމަށް އެ ކުންފުނިން ބުނެއެވެ.

ސޯސަންމަގުގައި ޖައުސާ ސެރަމިކް ސިޓީގެ ނަމުގައި ފުޅާ ދާއިރާއެއްގައި ޓައިލްސް އާއި ސެނިޓަރީވެއަރ ވިއްކަމުންދިޔަ ފިހާރައިގެ ނަންވެސް އެ ބަދަލާއި ގުޅިގެން "ޖޭސީސީ" ގެނަމަށް ވަނީ ރީބްރޭންޑްކޮށްފައެވެ.

ޖާހް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ޖައުސާގެ އާއިލީ ވިޔަފާރިއަށް ހެޔޮ ބަދަލުތަކެއް ގެނައުމާއި އެކު އެހެން ދާއިރާތަކަށް އިންވެސްޓްކުރުމާއި ޒުވާން ޖީލަށް އެންމެ އެކަށޭނެ ގޮތަކަށް ހިދުމަތްތައް ބައްޓަންކުރުމަކީ ކުންފުނީގެ އެންމެ ބޮޑު އަމާޒު ކަމަށް އެ ކުންފުނިން ބުނެއެވެ.

"މިގެނެވުނު ބަދަލާއި ގުޅިގެން ކުރިން ޖައުސާ އިންވެސްޓްމަންޓްގެ ނަމުގައި އޮތް ކުންފުނިވެސް ވަނީ "ޖާހް އިންވެސްޓްމަންޓް" ގެ ނަމަށް ރީބްރޭންޑްކޮށްފަ" އެ ކުންުފުނިން ބުނެއެވެ.

އެކުންފުނީގެ ދަށުން ހިންގަމުންދާ ރިއަލްއެސްޓޭޓް ވިޔަފާރި ފުޅާކުރުމަށް ނިންމާފައިވާ ކަމަށް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޖަހުދާން ޖައުފަރު ވިދާޅުވިއެވެ. އެގޮތުން އެކުންފުނިން ހުޅުމާލޭގައި ހަދާ، ވިއްކަމުންދާ ލަގްޒަރީ އެޕާޓްމަންޓް ކޮމްޕްލެކްސް ކަމަށްވާ ދި ގާޑަންސް އަންނަ އަހަރު ތެރޭގައި ނިންމާ އެޕާޓްމަންޓްތަކުގެ ވެރިފަރާތް ތަކާއި ހަވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
ހިޔާލު