Bollywood gai Enme Bodu Aanmudhanee eh Libey Dhiha Bathalaain
image
ބޮލީވުޑްގެ މަޝްހޫރު ތިން ބަތަލާއިން--
1 ކޮމެންޓް
 

ބޮލީވުޑްގައި އެންމެ ބޮޑު އާމްދަނީ އެއް ލިބޭ ދިހަ ބަތަލާއިން!

ކާމިޔާބު ފިލްމުތަކުގައި މަސައްކަތްކޮށް ބޮލީވުޑްގެ ބަތަލާއިން ވެސް ދަނީ ލިބޭ އާމްދަނީ އިތުރުކުރުމަށް މަސައްކަތް ކުރަމުންނެވެ. ގިނަ ފިލްމުތަކުގައި މަސައްކަތްކޮށް ބެލުންތެރިންގެ މަގްބޫލުކަން ހޯދޭ މިންވަރަކަށް، ނަގާ މުސާރަ ބޮޑު ކުރުމަށް ބަތަލާއިން ވެސް މަސައްކަތް ކުރެއެވެ. އަދި ކުޑަ އާމްދަނީ އެއް ހުށަހެޅުމުން ބައެއް ފިލްމުތައް ދޫކޮށްލާ ބަތަލާއިންވެސް މަދެއް ނޫނެވެ. Dhiraagu
މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީ އެއް ހޯދި 10 ބަތަލާއިން--
އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓުކުރާ ގޮތުގައި ބަތަލާއިންގެ ތެރެއިން އެންމެ ބޮޑު އާމުދަނީއެއް ބޮލީވުޑް އިން ލިބެނީ މަޝްހޫރު ތަރި ދީޕިކާ ޕަޑުކޯނަށެވެ. އެގޮތުން ދީޕިކާ ކުޅޭ ކޮންމެ ފިލްމަކަށް 12 ކްރޯޑާއި 14 ކްރޯޑް (12 މިލިއަނާއި 14 މިލިއަން ރުޕީސް) ހޯދާކަމަށްވެެއެވެ.

ދެވަނައަށް އެންމެ ބޮޑު އާމުދަނީ އެއްލިބެނީ 'ކްއީން' ގައި މޮޅު އެކްޓިން އެއް ދައްކާފައިވާ ބަތަލާ ކަންގަނާ ރަނޯތް އަށެވެ. އެގޮތުން ކުޅޭ ކޮންމެ ފިލްމަކަށް 11 ކްރޯޑް ( 11 މިލިއަން ރުޕީސް) ކަންގަނާ ހޯދައެވެ.

ލިސްޓުގެ ތިން ވަނައިގައި ހިމެނެނީ ބޮލީވުޑްގެ އިތުރުން ހޮލީވުޑްގައި ވެސް މަސައްކަތް ކުރަމުންދާ މަޝްހޫރު ތަރި ޕްރިޔަންކާ ޗޯޕްރާއެވެ. އެގޮތުން ޕްރިޔަންކާއަށް 8 ކްރޯޑާއި 10 ކްރޯޑް ( 8 މިލިއަން ރުޕީސް އާއި 10 މިލިއަން ރުޕީސް) ކުޅޭ ކޮންމެ ފިލްމަކުން ހޯދައެެވެ.

7 މިލިއަނާއި 9 މިލިއަނާއި ދެމެދުގެ އާމުދަނީ އެއް ކުޅޭ ކޮންމެ ފިލްމަކުން ހޯދައިގެން އެލިސްޓުގެ ހަތަރުވަނާއި ގައި ހިމެނެނީ ކަރީނާ ކަޕޫރެވެ. ކަރީނާއަކީ ބޮލީވުޑްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށް، ރަނގަޅު ތަޖުރިބާތަކެއް ހޯދާފައިވާ ބަތަލާއެކެވެ.

ފަސް ވަނައަށް އެންމެ ބޮޑު އާމުދަނީ އެއް ލިބެނީ ވިދްޔާ ބަލަން އަށް ކަމަށް ވެއެވެ. ކަހާނީ ފަދަ މަގުބޫލު ފިލްމުތައް ކުޅެފައިވާ ވިދްޔާއަށް ކުޅޭ ކޮންމެ ފިލްމަކަށް 5- 7 ކްރޯޑް ( 5-7 މިލިއަން ރުޕީސް) ހޯދައެވެ.

އަޖަބް ޕްރެމް ކީ ގަޒަބް ކަހާނީ ފަދަ މަގުބޫލު ފިލްމުތަކުގެ ލީޑު ރޯލުން ފެނިފައިވާ ކެޓްރީނާ ކެއިފް އަށް ކޮންމެ ފިލްމަކުން 5-6 ކްރޯޑް ( 5 މިލިއަނާއި 6 މިލިއަން ރުޕީސް) ލިބެއެވެ.

ބަތަލާ އަނުޝްކާ ޝަރުމާއަށް ކޮންމެ ފިލްމަކަށް 4 ކްރޯޑާއި 6 ކްރޯޑް( 4-6 މިލިއަން ރުޕީސް) ހޯދައެވެ. ދާދިފަހުން ނެރުނު ފިލްމު 'ސުލްތާން' އަށް ބޮޑު ކާމިޔާބީ އެއް ލިބިފައިވާ އިރު އެފިލްމުގެ ބަތަލާއެއްގެ ގޮތުގައި އަނުޝްކާ ފެނިގެން ގޮސްފައިވެއެވެ.

އަށް ވަނަ އަށް އެންމެ ބޮޑު އާމުދަނީ އެއް ހޯދާ ބަތަލާއަކީ ސޯނަމް ކަޕޫރު ކަމަށްވެއެވެ. އެގޮތުން 3-5 ކްރޯޑް (3-5 މިލިއަން ރުޕީސް) ކުޅޭ ކޮންމެ ފިލްމަކަށް ސޯނަމް ހޯދައެވެ.

އެލިސްޓުގެ ނުވަ ވަނައަށް ސޯނާކްޝީ ސިންހާ އަރާފައިވަނީ އޭނާ ކުޅޭ ކޮންމެ ފިލްމަކަށް 3-5 ކްރޯޑް ( 3-5 މިލިއަން ރުޕީސް ) ހޯދައިގެންނެވެ.

ބަތަލާއިންގެ ތެރެއިން ދިހަ ވަނައަށް އެންމެ ބޮޑު އާމުދަނީ އެއް ލިބެނީ އާލިއާ ބަޓަށެވެ. ހައިވޭ ފަދަ ކާމިޔާބު ފިލްމުތަކުގައި އެކްޓުކޮށްފައިވާ އާލިއާއަށް ކުޅޭ ކޮންމެ ފިލްމަކަށް 2-4 ކްރޯޑް (2-4 މިލިއަން ރުޕީސް) ހޯދައެވެ.
ހިޔާލު

ދިރަސާ

1 ކްރޯޑަކީ 10 މިލިއަން. މިކުށް އިސްލާހު ކޮށްލައްވާ