Moosun Goasve Raajjeyge Bodu Bayakah White Alert!
image
ކަނޑު ގަދަ ދުވަހަކު ދޯންޏެއް ދަތުރުކުރަނީ-- ފައިލް ފޮޓޯ
0 ކޮމެންޓް
 

މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް!

ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނެތީ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފިއެވެ.
ގަދަވަޔާއިއެކު ބޯކޮށް ވާރޭވެހޭނެތީ، ވައިޓް އެލާޓު ނެރެފައިވަނީ ރޭ 20:40 އިން މިއަދު މެންދުރު 2:40 އަށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން އިން ބުނީ، އުތުރާއި މެދުތެރެއަށް އުތުރާއި އިރު އިތުރުން ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ދެކުނުގެ ސަރަހައްދުތަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 5 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

އުތުރާއި މެދުތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކުރި ނަމަވެސް، ވިލާގަނޑުގައި ކަނޑުގައި ކަނޑުތައް ގަދަވާނެތީ ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކުރެއެވެ.
ހިޔާލު