Miskihthakah Gehlundhin 11 meehaku jalah
image
އީރާނުގައި ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން
0 ކޮމެންޓް
 

މިސްކިތްތަކަށް ގެއްލުންދިން 11 މީހަކު ޖަލަށް

އީރާނުގައި ހުރި މިސްކިތްތަކަށާއި އާންމުންގެ މުދަލަށް ގެއްލުން ދިން މައްސަލާގައި 11 މީހަކު ޖަލަށްލާން ހުކުމްކޮށްފިއެވެ. dhi2
ރިޕޯޓްތައް ބުނާ ގޮތުން އެ އެންމެންނަކީވެސް އީރާންގެ ސަރުކާރާއި އިދިކޮޅު މީހުންނެވެ. އޭގެ ތެރޭގައި އަންހެނުންނާއި ފިރިހެނުންވެސް ހިމެނޭ އިރު ބައެއް މީހުންނަށް އަހަރު ދުވަހުގެ ޖަލު ހުކުމް ވަނީ އިއްވާފައެވެ.

އޭގެ ތެރެއިން ބައެއް މީހުންގެ މައްޗަށް، އީރާންގެ ދެ މިސްކިތެއްގައި ރޯކޮށްލި ކަމުގެ ކުށް ވަނީ ސާބިތުވެފައެވެ.

އީރާންގެ ދައުލަތުގެ ޓީވީ އިން ގެނެސްދިން ޕްރޮގްރާމެއް ހުށަހަޅައިދިން މީހަކު، އީރާންގެ މިސްކިތްތަކަށާއި ބޭންކްތަކަށާއި މަރުކަޒުތަކަށް ގެއްލުންދޭން ސޯޝަލް މީޑިއާގައި ގޮވާލާފައިވާ ކަމަށް އެގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ. ނަމަވެސް މިހާރު އޭނާ އީރާނުން އެހެން ގައުމަކަށް ގޮސްފައިވާ ކަމަށް އީރާނުން ބުނެއެވެ.
ހިޔާލު