Qatar ga hunna america ge askaree marukaz ehen qaumakah badhalukuran visnanee
image
ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒު
0 ކޮމެންޓް
 

ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒު ބަދަލު ކުރަން ވިސްނަނީ

ގަތަރުގައި ހުންނަ އެމެރިކާގެ ވައިގެ ސިފައިންގެ އަސްކަރީ މަރުކަޒު، "އަލް އުދައިދް" އެހެން ގައުމަކަށް ބަދަލުކުރުމަށް އެމެރިކާގެ ކޮންގްރެސްގައި މަޝްވަރާކުރަން ފަށައިފިއެވެ. muni
އެމެރިކާގެ އަސްކަރީ މަރުކަޒު ބަދަލުކުރާނެ ކަމަށް ބެލެވޭ ގައުމުތަކުގެ ތެރޭގައި ބަހުރެއިން، ޔޫއޭއީ، ޖޯޑަން އަދި އިރާގު ހިމެނެއެވެ. އެމެރިކާގެ އަސްކަރީ މަރުކަޒެއް ގަތަރުގައި ހުންނައިރު، އެކަމުގެ އެއްބަސްވުން އާކޮށްފައިވަނީ 2013 ވަނަ އަހަރުއެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2023 ވަނަ އަހަރުއެވެ.

އެ މަރުޒަކީ އެމެރިކާއަށް ވަރަށް މުހިންމު މަރުކަޒެކެވެ. އެ މަރުކަޒަކީ އެމެރިކާއިން އައިއެސްއަށް ދޭ ވައިގެ ހަމަލާތައް ދިނުމަށް ބޭނުންކުރާ މަރުކަޒެކެވެ. އެ މަރުކަޒުގައި 100 އަށްވުރެ ގިނަ މަތިންދާބޯޓާއި އެތައް ހާސް މީހުންނެއް ހަރަކާތްތެރިވެއެވެ.

ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒެއް އެހެން ގައުމަކަށް ބަދަލުކުރުމަށް އެމެރިކާއިން ވިސްނަމުންދާއިރު، އަރަބި ގައުމުތަކަކުން ވަނީ ގަތަރާއެކު އޮތް ގުޅުން ކަނޑާލާފައެވެ.

ސައުދީ އަރަބިއްޔާ އާއި ބަހްރެއިން އާއި މިސްރާއި ޔޫއޭއީން ގަތަރާއެކު އޮތް ގުޅުން ކަނޑާލީ ގަތަރުން ޓެރަރިޒަމަށް ވާގިވެރިވާކަމަށް ބުނެއެވެ.
ހިޔާލު