Memberunge Gondi gelley Gothah Qaanoonu Faas Kurun QA Hilaafu: Muiz
image
ކުރީގެ ޕީޖީ މުއިއްޒު---
4 ކޮމެންޓް
 

"މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު ފާސް ކުރުން ގާނޫނު އަސާސީއާ ހިލާފު"

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއްގެ ގޮނޑި ގެއްލޭ ގޮތަށް ފާސް ކުރުމަށް ހަމަޖެހިފައިވާ ގާނޫނު، ގާނޫނު އަސާސީއާއި ހިލާފު ކަމަށް ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. dhi2
ވީއެފްޕީން މިއަދު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ މެންބަރުންގެ ގޮނޑި ގެއްލޭނެ ގޮތްތައް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވަނިކޮށް މަޖިލީހުން ފާސް ކުރާ ގާނޫނެއްގައި މެންބަރުންގެ ގޮނޑި ގެއްލޭނެ އިތުރު ކަންތައްތަކެއް ނުހިމެނޭނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ މެންބަރުން އަމަލު ކުރަން ޖެހޭ ގޮތް ގާނޫނު އަސާސީގެ 75 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށާއި ޕާޓީގެ ވިޕްލައިނާ ހިލާފުނުވެވޭނެ ކަމަށް އެ މާއްދާގައި ބުނެފައި ނުވާ ކަމަށެވެ.

ގާނޫނު އަސާސީގެ 75 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި މެންބަރުން އަމަލު ކުރަންވާނީ ގައުމީ މަސްލަހަތާ ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަން ދީގެންނެވެ. އެމަގާމު ބޭނުންކޮށްގެން ވަކި މީހެއްގެ ޒާތީ މަސްލަހަތެއް ކުރިއަރުވައިގެން ނޫވާނެ ކަމަށާއި ދާއިރާތައް ތަމްސީލު ކުރުމުގައި މުޅި ގައުމާ ހުރިހާ ރައްޔިތުންގެ ލާބައަށް ރިއާޔަތް ކުރަން ވާނެ ކަމަށް ވެސް އެ މާއްދާގައި ބުނެފައިވެއެވެ.

"މިހާ ސާފުކޮށް އޮތް ކަމެއްގައި ޕާޓީތަކުން ނިންމާ ނިންމުމަކުން ގޮނޑި ގެއްލޭ ގޮތަށް ހެދުމަކީ ގާނޫނު އަސާސީ ތަސައްވަރުކޮށްފައިވާ ކަމެއް ނޫން،" ގާނޫނު އަސާސީ ހެދި މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި މުއިއްޒު ވިދާޅުވިއެވެ.

ހިޔާލު

ލައިސާޓް

ކިތަންމެ ބަދަލެއްގެނަޔަސް ދެންމިގައުމަކުން ޔާމީނަކަށް ފުރުސަތެއްނެއް

ކާނަލް

ކުރަންވީކަމަކީ މިހާރު ހުރި ވެރިމީހާއައް އުމުރު ދުވަހު ވެރިކަމުހުރެވޭގޮތައް ނިންމަންވީ؟

ޅަވިޔަނި

ޤާނޫނު އަކީ މާނަ ކުރުމުގައި އެމީހަކު ބޭނުންވާ ގޮތަކަށް މާނަ ކުރާ އެއްޗެއް ނޫންތޯ

އަހުމަދުލް

މިހާރު ގޮޑި ގެއްލިއްޖެ ކަން ޔަގީން ވީ. ދެން ކުރާނެ ސުވާލެއް ނެތް.