12 Memberunge gOndi Gelley Gothah Anti Defection Bill Faas Koffi
image
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން---
3 ކޮމެންޓް
 

12 މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ބިލު ފާސްކޮށްފި

އިދިކޮޅާ ގުޅުނު 12 މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ބިލު ފާސްކޮށްފިއެވެ. kobadoctor
އެ ބިލު ފާސް ކުރީ 36 މެންބަރުންގެ ވޯޓުންނެވެ.

ޕީޕީއެމް ކޯލިޝަން ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ހުށަހެޅުއްވި އެ ބިލު މަޖިލީހުން 36 ވޯޓުން ފާސް ކުރި އިރު ޖަލްސާއަށް ވަޑައިގެން 39 މެންބަރުން ތިއްބެވިއެވެ. ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވަނީ ކޮން ދެ މެންބަރުންނެއްކަން އަދި ސާފެއް ނުވެއެވެ.

އެންޓި ޑިފެކްޝަން ބިލު މަޖިލީހަށް ހުށަހެޅުމުން އެ ބިލުގައި ހުރި ބައެއް މައްސަލަތައް ފާހަގަކޮށް ޕީޕީއެމްގެ ބައެއް މެންބަރުން ކަންބޮޑުވުން ފާޅު ކުރެއްވިއެވެ.

އެ ބިލު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ރޭ ފާސްކޮށްފައިވަނީ އިލެކްޝަނުން އެ ގާނޫނާ ގުޅިގެން ގަވާއިދު ހަދަން ޖެހޭ ކަމަށް އޮތް ބައި އުނިކޮށް އެ ގާނޫނު 2017 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ހިންގާފައިވާ ކަންތައްތަކަށް ވެސް އެ ގާނޫނު ހިނގާ ގޮތަށެވެ.
ހިޔާލު

ނާއު

ކޮންމެ ބަޔަކުވެސް އިންސާފުގެ ކުރިމަށްޗަށް އަށްނަން ޖެހޭނެ ހާއިވެފަ ހުްނަ ވަގުތަކު ކާއެއްޗެއް ކާން ހުއްޓާ ކާއެތުކޮޅު އަތުލީމާ ޖަޒުބާތުގަ ޖެހި ކުރިން ކަމުންގެން ދިޔަވަރަށް ނުކެވި ހައިހޫނު ކަން ނުފިލުވެން ފެށީމާ ދެން އުޅެންޖެހޭ ގޮތަށް އެއުޅެނީ ބައެއްމެމްބަރުން ފަރުމަތިން އަރާ ފުރާޅުމަތިން އަރާ ޑްރާމަކުޅެ ކުރީޒަމަނުގައި ވަކަރުގޭ ކުދިން ނޭ ކިޔާ ކުދިން އުޅޭހެން .

ޢާދަންބެއްޔާ

ތިހެން ކިތައްމެ ވަރަކަށް ވެސް ބިލް ފާސްކުރެވިދާނެ އިދިކޮޅު މެންބަރުން މަޖިލީހައްވަނަނުދީ ވަންނައިރަށް ފާރުމަތިން ނެރެ އުކާލާފަ ބިލް ފާސްކުރަންވީ ސަރުކާރުން ބޭނުން ގޮތަކަށް ކަންކަން މިހާރު ކޮށްލެވޭނެ ގާނޫނާ ގަވައިދާ ހިލާފަށް އެކަމް އިންސާފުގެ ކުރިމަށްޗައް އަންނަނެް ޖހޭނެކަން ހަނދާންކުރާތި

ރީކޯ

އެހެންވީރު ރީކޯ މޫސަގެ ގޮނޑި ވެސް ގެއްލޭނެތާ!