Raajjeygai Resort Hingaa Bollywood Tharin Ebathibi: Zameer
image
ޓޫރިޒަމް މިނިސްޓަރު ޒަމީރު---
3 ކޮމެންޓް
 

ރާއްޖޭގައި ރިސޯޓު ހިންގާ ބޮލީވުޑް ތަރިން އެެބަތިބި: ޒަމީރު

ރާއްޖޭގައި ޓޫރިސްޓު ރިސޯޓު ހިންގާ ބޮލީވުޑްގެ ފިލްސްޓާރުން އެބަތިބި ކަމަށް ޓޫރިޒަމް މިނިސްޓަ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. Dhiraagu
ޒަމީރު އެހެން ވިދާޅުވީ ބޭރުގެ ނޫސްވެރިން ގެނެސްގެން އެ ނޫސްވެރިންނަށް ހާއްސަކޮށްގެން ރައީސް އޮފީހުން ބާއްވަމުން ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ޒަމީރު އެހެން ވިދާޅުވީ އިންޑިއާއާއި ރާއްޖެއާއި އޮތް ގުޅުމާއި ބޭރުގެ އިންވެސްޓުމެންޓުތަކަށް ރާއްޖޭގައި ހުރި ފުރުސަތުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.

ރާއްޖޭގައި ރިސޯޓު ހިންގާ ބޮލީވުޑް ތަރިން ތިބި ކަމަށް ވިދާޅުވި ނަމަވެސް އެއީ ކޮން ތަރިންނެއްކަން ޒަމީރު ހާމައެއް ނުކުރައްވައެވެ. ޒަމީރު ވިދާޅުވީ އެވިޔަފާރިތައް ރާއްޖޭގައި ކުރަމުން ދިޔަ ނަމަވެސް އެކަން ކުރާކަން މީހުންނަށް އެނގެން އެ ތަރިން ބޭނުން ނުވާ ކަމަށެވެ.

ޒަމީރު އެހެން ވިދާޅުވި އިރު ބަތަލާ ޕްރިޔަންކާ ޗޯޕުރާގެ ހިއްސާ އޮންނަ ރިސޯޓެއް ރާއްޖޭގައި ހަދަމުންދާ ކަމަށް ބުނާ ރިޕޯޓުތަކެއް މިދިޔަ އަހަރު ފެންމަތިވެފައިވެއެވެ.

މިއަދުގެ އެ ބައްދަލުވުމުގައި އިންޑިއާއާއި ރާއްޖެއާއި ދެމެދު ރުޅިވެރިކަމެއް ނެތް ކަމަށާއި ރާއްޖޭގެ ތަރައްގީގެ މަސައްކަތްތަކުގައި އިންޑިއާގެ ބޭންކުތަކާއި ކުންފުނިތަކުން ބައިވެރިވަމުންދާ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ހިޔާލު

ބޮލީވުޑް

ޢުތްކާރޝް ފައުޖަރ(ހުޅުލޭ އައިލެންޑް ހޮޓެލް ފްރައުޑް ސްޓާރ) އަކީ އިންޑިޔާ ގެ ބޮލީވުޑް ސްޓާރ

މަމެން

ދިވެހިންގެ ހިއްސާ ނެތަސް އޯކޭނު

ކަކާ

ތެދެއް އެއްވެސް ރުޅިވެރިކަމެއް ނެތެވެ. އެކަމަކު ދަތިތަކެއް ކުރިމަތިއެބަވެއެވެ. އެއީ އޮންނަ ގާތްގުޅުމުގެ ސަބަބުން ދިމާވާ ކަންތަކެވެ.