Davis Cup Gai Dhivehi Team Ah Faahangakohleve Kaamiyaabe Eh
image
ދިވެހި ޓެނިސް ޓީމު ފޮޓޯ:---
0 ކޮމެންޓް
 

ޑޭވިސް ކަޕުގައި ދިވެހި ޓީމަށް ރަނގަޅު ކާމިޔާބީއެއް

ޖޫނިއާ ޑޭވިސް ކަޕުގެ ކޮލިފައިންގައި ވާދަކުރި ދިވެހި ކުޅުންތެރިން ރަނގަޅު ކާމިޔާބީއެއް ހޯދައިފިއެވެ.
ސްރީ ލަންކާގައި ކުރިއަށްދާ މި މުބާރާތުގައި ދުނިޔޭގެ ގިނަ ގައުތަކުން ބައިވެރިވަމުންދާއިރު މުބާރާތުގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި ދިވެހި ޓީމު 16 އަހަރުން ދަށުގެ ފިރިހެން ޓީމު ބައްދަލު ކުރީ ބަހުރޭންއާއެވެ. މި މެޗު ދިވެހި ޓީމު ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މިއަދުގެ ވަކިވަކި ކުޅުންތެރިންގެ މެޗުތަކަށް ބަލާލާއިރު ބަހުރޭނާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި ރާއްޖޭގެ ޔޫސުފް ވަނީ ބަހުރޭން އަތުން 6-1، 7-5 އިން ބަލިވެފައެވެ.

މިއަދުގެ ދެވަނަ މެޗުގައި ދިވެހި ކުޅުންތެރިޔާ ދާއިން ވަނީ ބަހުރޭންގެ ކުޅުންތެރިޔާގެ މައްޗަށް ފަސޭހަ މޮޅެއް ހޯދާފައެވެ.

މާދަމާ ރާއްޖޭގެ އަންހެން ޓީމު ނުކުންނަން ޖެހޭނީ ސްރީލަންކާއާ ދެކޮޅަށެވެ. އެ ގޭމުގައި ރާއްޖޭގެ ޓީމުން ފުރަތަމަ ޔާލާ ނުކުންނަ އިރު، ދެވަނަ މެޗުގައި ނުކުންނާނީ ހަޝްމާއެވެ. އަދި ޑަބަލްސް މެޗަށް ނުކުންނަ ދެ ކުޅުންތެރިން ކަށަވަރުވާނީ ފުރަތަމަ ދެ މެޗުގެ ނަތީޖާއަށް ބެލުމަށްފަހުއެވެ.

ޓެނިސް ކުޅިވަރު
ހިޔާލު