Southampton Ge Coach Pellegrino Magaamun Vakikoffi
image
1 ކޮމެންޓް
 

ސައުތްހަމްޓަންގެ ކޯޗު ޕެލެގްރީނޯ މަގާމުން ވަކިކޮށްފި

ސައުތްހަމްޓަންގެ ކޯޗު މައުރީސިއޯ ޕެލެގްރީނޯ މަގާމުން ވަކިކޮށްފިއެވެ. kobadoctor
މިދިޔަ ނޮވެމްބަރ މަހުއްސުރެ އެންމެ މެޗަކުން މޮޅުވެފައިވާ ސައުތްހަމްޓަން އެޓީމުގެ ކޯޗު މަގާމުން ވަކިކޮށްއެކަން ރަސްމީ ގޮތުން އިއުލާން ކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. 46 އަަހަރުގެ ޕެލެގްރީނޯ މަގާމުން ވަކިކުރިކަން އިއުލާން ކުރަމުން ސައުތްހަމްޓަނުން ނެރުނު ބަޔާނުގައި ޕެލެގްރީނޯ ވަކިކުރަން ނިންމާފައިވާކަމަށާއި އޭނާއަށް ކާމިޔާބީ އެދޭ ކަމަށެވެ.

މި ސީޒަނުގައި ސައުތްހަމްޓަންގެ ފަރާތުން ދަށް ކުޅުމެއް ފެނިފައިވާއިރު އެޓީމު އޮތީ ތާވަލުގެ 17 ވަނާގައެވެ. ރެލިގޭޝަނާއި ހަނގުރާމަ ކުރަމުންދާ ޓީމާއި ހަވާލުވާނެ ކޯޗެއް އެޓީމުން ރަސްމީ ގޮތުން އިއުލާން ކޮށްފައެއް ނުވެއެވެ. ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުގައި އެޓީމުން ދަނީ ވަޓްފޯޑުގެ ކުރީގެ ކޯޗު މާކޯ ސިލްވާ އެޓީމަށް ގެނައުމުގެ މަސައްކަތް ފަށާފައެވެ.
ހިޔާލު

އަހަންމަދުބޭ

މިއިން ވާނުވާއެއް ނޭނގުނު. ސައުތެމްޓަން އާއި ސަންޑަ ލޭންޑް އަކީ އެއް ކުލަބެއްތޯ ؟