Michael Carrick Retirekoh United Ge Coaching Magaamakai Havaluvanee
image
މައިކަލް ކެރިކް ފޮޓޯ:---
0 ކޮމެންޓް
 

މައިކަލް ކެރިކް ރިޓަޔާކޮށް ޔުނައިޓެޑުގެ ކޯޗިން މަގާމަކާއި ހަވާލުވަނީ

މި ސީޒަނަށްފަހު ޕްރޮފެޝަނަލް ފުޓްބޯޅައިން ރެޓަޔަރ ކޮށް މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗިން މަގާމަކާއި ހަވާލުވުމަށް ޔުނައިޓެޑުގެ ތަޖުރިބާކާރު މިޑްފިލްޑަރ މައިކަލް ކެރިކް ނިންމައިފިއެވެ. muni
ހިތުގެ ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ 36 އަަހަރުގެ ކުޅުންތެރިޔާއާމެދު ވާހަކަ ދައްކަމުން އޭނާ ކުޅުން ހުއްޓަލަން ނިންމާފައިވާކަން ހާމަކޮށްފައިވަނީ މެންޗެސްޓާ ޔުނައިޓެޑާއި ސެވިއާ ޗެމްޕިއަންސް ލީގުގައި ބައްދަލު ކުރާ މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައެވެ. ކެރިކްގެ ރިޓަރމެންޓް އޭނާ ކަށަވަރުކޮށްދީފައިވާއިރު ޓީމުގެ ކޯޗު މޮރީނިއޯ ވަނީ މީގެ މަހެއްހާ ދުވަސް ކުރިން ކެރިކް ސީޒަނަށްފަހު ކުޅުން ހުއްޓާލާނެކަން ހާމަކޮށްފައެވެ.

ކުޅުން ހުއްޓާލުމަށްފަހު މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗިން މަގާމަކާއި ހަވާލުވާން އެޓީމުގެ ކޯޗު މޮރީނިއޯ ހުށަހެޅި ހުށަހެޅުމަށް އާނއެކޭ ކެރިކް ބުނެފައިވާއިރު އޭނާ ހަވާލުވާނީ ސީނިއާ ޓީމުގެ މަގާމަކާއިއެވެ.

މިހާރު މެންޗެސްޓާ ޔުނައިޓެޑުގެ ކެޕްޓަންގެ މަގާމު ވެސް ފުރަަމުން އަންނަ މައިކަލް ކެރިކް އަކީ މިވަގުތު ޔުނައިޓެޑުގެ ސްކޮޑުގައި ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާއެވެ. އެގޮތުން އޭނާ ވަނީ އެޓީމާއި އެކު އެފް.އޭ ކަޕާއި ލީގް ކަޕާއި ޕްރިމިއާ ލީގުގެ އިތުރުން ޗެމްޕިއަންސް ލީގު ވެސް ކާމިޔާބު ކޮށްފައެވެ.
ހިޔާލު