Barca Othee Neymar Ah Maruhabaa Kiyan Thayyarah: Coutinho
image
ނޭމާއާއި ކުޓީނިއޯ ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ފޮޓޯ:---
0 ކޮމެންޓް
 

ބާސާ އޮތީ ނޭމާއަށް މަރުހަބާ ކިޔަން ތަައްޔާރަށް: ކުޓީނިއޯ

ބާސެލޯނާއިން އޮތީ އެޓީމުގެ ކުރީގެ ކުޅުންތެރިޔާ ނޭމާއަށް އަލުން މަރުހަބާ ކިޔަން ތައްޔާރަށް ކަމަށް އެޓީމާއި އަލަށް ގުޅުނު ހުނަރުވެރި ކުޅުންތެރިޔާ ފިލިޕް ކުޓީނިއޯ ބުނެފިއެވެ. dhi2
ނޭމާއާއިއެކު ބްރެޒިލްގެ ގައުމީ ޓީމުގައި ކުޅެމުން އަންނަ ކުޓީނިއޯ މެޑެޓޭރިއަން އިންޓަނޭޝަނަލް ކަޕު ދައްކާލަން ބޭއްވި އިވެންޓެއްގައި ނޫސްވެރިންނާއި ވާހަކަ ދައްކަމުން ކުޓީނިއޯ ބުނެފައިވަނީ ނޭމާ އަކީ ވަރަށް ހުނަރުވެރި ކުޅުންތެރިއެއް ކަމަށާއި ކްލަބު ލެވެލްގައި ވެސް އޭނާއާއި އެއްކޮށް ކުޅެން ބޭނުންވާ ކަމަށެވެ.

"ނޭމާ އެނބުރި އައިސްފި ދަނޑިވަޅެއްގައި ބާސެލޯނާ މިއޮތީ އުފަލާއެކު އޭނާ ބަލައިގަނެ އޭނާއަށް މަރުހަބާ ކުރަން ތައްޔާރަށް." ކުޓީނިއޯ ބުނެފިއެވެ.

ކުޓީނިއޯ މިހެން ބުނެފައިވާއިރު 198 މިލިއަންއަށް ޕީއެސްޖީއާއި ގުޅުނުތާ ސީޒަނެއް ހަމަނުވަނީސް ނޭމާ އެޓީމު ދޫކޮށްލަން ބޭނުންވާ ކަމުގެ އަޑުތަކެއް ވަނީ ފެތުރެން ފަށާފައެވެ. މިއާއެކު އިއްޔެގެ ވަގުތެއްގައި އަނިޔާއަކަށް ފަރުވާ ހޯދަމުން މިހާރު ބްރެޒިލްގައި ހުރި ނޭމާއާއި ބައްދަލު ކުރަން ޕީއެސްޖީގެ ވަފުދެއް ވަނީ ބްރެޒިލްއަށް ފުރާފައެވެ.

ހިޔާލު