Kulli Nurakkaluge Haalathu Ithurah Dhemmumuge Visnumeh Nei: Sarukaaru
image
ރައީސް ޔާމީނާއި ސަރުކާރުގެ ބައެއް އިސްވެރިން---ފޮޓޯ:ރައީސް އޮފީސް
6 ކޮމެންޓް
 

ކުއްލި ހާލަތު އިތުރަށް ދެންމުމުގެ ވިސްނުމެއް ނެތް: ސަރުކާރު

ރާއްޖޭގައި އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދެންމުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށް ބުނެފިއެވެ. muni
އެހެން ބުނެފައިވަނީ ބޭރުގެ ނޫސްވެރިން ގެނެސްގެން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ރައީސް އޮފީހުގެ ލީގަލް އެފެއާޒު މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދެންމުމަށް ސަރުކާރުން ނުވިސްނާ ކަމަށާއި މަޖިލީހުން އިތުރުކޮށްދިން މުއްދަތުގެ ތެރެއިން 10 ދުވަސް އަދިވެސް ބާކީ އެބަ އޮތް ކަމަށެވެ. ކުއްލި ހާލަތުގެ ބާރު ތަންފީޒު ކުރާނީ ފެބުރުއަރީ އެއްވަނަ ދުވަހު ހިންގި ގާނޫނާ ހިލާފު އަމަލުތަކުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް އެކަނި ކަމަށް ވެސް އާޒިމާ ވިދާޅުވިއެވެ.

ކުއްލި ހާލަތުގެ މުއްދަތު މިމަހުގެ 22 ވަނަ ދުވަހު ހަމަވާ އިރު ރާއްޖޭގައި ދިރިއުޅުން އޮތީ އާއްމު ހާލަތެއްގައި ކަމަށާއި ވިޔަފާރިތަކާ ސަރުކާރުގެ އޮފީސްތަކާއި ސުކޫލުތައް ހުރީ ހުޅުވާފައި ކަމަށް އާޒިމާ ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްތަރު މޫސާ ޒަމީރު ވިދާޅުވީ ކުއްލި ހާލަތުގެ ސަބަބުން ޓޫރިޒަމަށް އަސަރު ކުރަމުންދާ ކަމަށެވެ. ބައެއް ބުކިންތައް ކެންސަލުވެފައިވީ ނަމަވެސް ކުރިއަށް އޮތްތަނުގައި ފަތުރުވެރިކަން ރަނގަޅުވާނެ ކަމަށް ފެންނަ ކަމަށް ޒަމީރު ވިދާޅުވިއެވެ.

ސަރުކާރުން ކުއްލި ހާލަތު އިއުލާންކޮށްފައިވަނީ މިދިޔަ ފެބުރުއަރީ މަހުގެ ފަސްވަނަ ދުވަހުއެވެ. ކުއްލި ހާލަތު އިއުލާން ކުރީ ގާނޫނު އަސާސީއާއި ހިލާފަށް ކަމަށް އިދިކޮޅު ފަރާތްތަކާއި ގާނޫނީ ވަކީލުން ގޮވަ ގޮވާ ތިއްބާ ސުވާލު އުފެދޭ ގޮތަކަށް މަޖިލީހުން އެ މުއްދަތުވަނީ 30 ދުވަހަށް އިތުރުކޮށްފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމައި އިދިކޮޅު އެހެން ބައެއް އިސްވެރިންނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުވަނީ ހައްޔަރުކޮށްފައެވެ.
ހިޔާލު

ގުއިއްޒު

ދަންމާ ދަންމާ ރެވެންދެން ދަންމާ.

ލައިސާޓް

ކުއްލިހާލަތަކީ ކިހިނެއް ކޮންގޮތަކަށް ގެނަންޖެހޭ ކަމެއްކަން ނޭގޭ މީހަކު ކުލިހާލަތް އުވާލާ ވާހަކަ ދެއްކީމަ މިކަންވަނީ 2018ގެ ބޮޑު ޖޯކަށް

ހޯހޯ

މިއަހަރު ނިމެންދެން ތިޔަގޮތުގަ ހިފަހައްޓާލާ ނޫނޭ މިއޮތީވާސަރުކާރެއް

ޅާލު

ބޭނުން ކަންތައްވީދޯ؟

އަހުމަދު

މިދައިތަ މިއީ މިޤައުމުގެ ހަލާކު އަދި މުސީބާތަކަށްވެއްޖެ.

ޢުމަރު

ނޫނޭ ކަމަނާ މިސް ވޮއިޑް އެންޑް އިނިޝިޔޯ ހަމަކުއްލިހާލަތު ދަންމަންޖެހޭނީ ނޫނީ މިރައީސްގެ ވެރިކަންނިމިދާނެ ކަމަނާގެ ވަޒީފާގެއްލިދާނެ. މަޖިލިސްއިން ރުހުންނުދޭ ހަމައެކަނި މިނިސްޓަރުތީ ލަދުގެ ކަންފުޅެއްވެސް ހަމަނެތީތޯ؟ ޖީ އެމް އާރަށް އެއްވެސް ފައިސާއެއްދޭކަން ނުޖެހޭނޭކިޔާފަ ރައްޔިތުންނަށް އޮޅުވާލި ހަނދާންވޭތޯ؟ އައިލެންޑް އެވިއޭޝަން ދަރުވާލާފަ ފައިސާ ދައްކަންޖެހުނީ، އެކަމަކު ކަމަނާ ސަރުކާރުގެ ލޯޔަރަކަށްވެގެން ނެގިފައިސާތައްކޮބާ؟