Miadhu Faaskuri 2 bill ves Qanoonuasaasi aai hulaaf: Qasim
image
ގާސިމް މަޖިލިސް ޖަލްސާއެއްގައި: ފައިލް ފޮޓޯ
2 ކޮމެންޓް
 

މިއަދު ފާސްކުރި ދެ ބިލްވެސް ޤާނޫނު އަސާސީއާއި ހިލާފު: ޤާސިމް

މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ޤާނޫނުގެ ބިލާއި، ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލްވެސް ޤާނޫނު އަސާސީއާއި ހިލާފުކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. Dhiraagu
ދެ ބިލު މަޖިލީހުން ފާސްކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ޤާސިމް ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ އެ މަޖިލީހުން ނިންނި ދެ ނިންމުމަކީވެސް ކަނޑައެޅިގެން ޤާނޫނު އަސާސީއާއި ހިލާފު ދެ ނިންމުންކަމަށް ވުމުން ދައުލަތުން އެ ދެ ނިންމުމަށް އަމަލުކޮށްގެން ނުވާނެ ކަމުގައެވެ.
މީގެ އިތުރުން އެފަދަ މައްސަލައެއްގައި 43 މެމްބަރުން މަޖިލީހުގައި ހާޒިރުވެވަޑައިގެން ތިއްބަވާ މެނުވީ، ވޯޓަށް އަހައިގެން ނުވާނެ ނުވަތަ ނުކުރެވޭނެކަމަށް ޤާނޫނު އަސާސީގައި ބުނާކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.

ޖިނާއީ ހުކުމެއް ސާބިތުވާ ހިސާބުން ފެށިގެން ފަނޑިޔާރުކަން ގެއްލޭ ގޮތަށް ފަނޑިޔާރުންގެ ޤާނޫނަށް ހުށައެޅުނު އިސްލާހު މިއަދު ފާސްކޮށްފައިވަނީ 37 މެމްބަރުންގެ ވޯޓުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރެއްވި ކުރިން ސަރުކާރު ކޯލިޝަނުގައި ތިއްބެވި 12 މެމްބަރެއްގެ ގޮނޑި ގެއްލޭގެތަށް ފާސްކުރެވުނު އެންޓި ޑިފެކްޝަން ޤާނޫނުގެ ބިލް މަޖިލީހުން ފާސްކޮށްފައިވަނީ 36 މެމްބަރުންގެ ވޯޓުންނެވެ.
ހިޔާލު

ޢަލީ ހަމީދު

ޜާ ވިއްކުން އިސްލާމި ސަރިޔަތާ ހިލާފް! ޢެކަމަކު ވިއް ކާ

އަހަންމާބެ

ޢަލީ ޙަމީދު ހުރިނަމަ ސޭޓު އެދޭގޮތަށް މިހާރު އޮންނާނީ އަމުރެއް ނެރެފަ، މުޅިންވެސް ތިމާމެން ނޭދޭގޮތަށް ހުންނަކަންކަން އެވީ ޤާނޫނުއަސާސީއާ ޚިލާފު، ތިމާމެންހާ އެހެންމީހުންގެ އަތުގައި ބަހާނެ ފައިސާނެތަސް މިޤައުމަށް ހެޔޮއެދޭ ރައްޔިތުން މަދެއްނުވާނެކަން ސޭޓުމެން ވިސްނަންވެއްޖެ، އަބަދާއި އަބަދު ޤައުމު ހަލަބޮލިކޮށް ތަރައްޤީއަށް ހުރަސްއަޅައިގެން ކަންކަން ޙާޞިލުކުރަން އުޅުމަކީ ރައްޔިތުންނަށް ޣައްދާރުވުން، އަބަދަލު އެގޮތަކަށް ދުލެއްނުކޮށްލެވޭނެ.