Farisai Dhekolhah Hushahelhi Audio Analysis Reportai Shafiuge Bayaan balai Nugai
image
ފާރިސް މައުމޫން---
0 ކޮމެންޓް
 

ފާރިސްއާ ދެކޮޅަށް ހުށަހެޅި އޯޑިއޯ އެނަލިސިސް ރިޕޯޓާ ޝާފިއުގެ ބަޔާން ބަލައި ނުގަތް

ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ދެ ހެއްކެއް ބަލައި ނުގަންނަން ކޯޓުން ނިންމައިފިއެވެ. dhi2
ފާރިސްގެ މައްޗަށް ކުރާ ރިޝްވަތު ދިނުމުގެ ދައުވާއާއި ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި ބަލައި ނުގަންނަން ނިންމީ ފާރިސްއާއި ދެކޮޅަށް ހުށަހެޅި އޯދިއޯ އެނަލިސިސް ރިޕޯޓާ އަހުމަދު ޝާފިއުގެ ތަހުގީގު ބަޔާނެވެ.

އޯޑިއޯ އެނަލިސިސް ރިޕޯޓު ބަލައި ނުގަތީ އެ އޯޑިއޯ ހޯދީ ގާނޫނާ އެއްގޮތަށްކަން ސާބިތުކޮށް ނުދެވުމުންނެވެ. އެ އޯޑިއޯ ހޯދީ ކޯޓު އަމުރެއްގެ ދަށުން ނޫން ކަމަށް ދައުލަތުގެ ވަކީލު ވެސް ވަނީ ވިދާޅުވެފައެވެ. އެހެން ކަމުން އޯޑިއޯގެ އެނަލިސިސް ރިޕޯޓާއި ރިޕޯޓު ތައްޔާރު ކުރި ފުލުސް މީހާގެ ބަސް ވެސް ނުހޯދަން ގާޒީ ވަނީ ނިންމަވާފައެވެ.

ޝާފިއުގެ ބަޔާން ބަލައި ނުގަންނަން ނިންމީ ހެކި ހުށަހަޅަން ދިން ފުރުސަތުގައި ޝާފިއު ޝަފަވީ ހެއްކެއްގެ ގޮތުގައި ހުށަނަޅައި ޝާފިއުގެ ބަޔާން ހުށަހެޅުމުންނެވެ.

އިއްޔެ ކޯޓުން ވަނީ ޝާފިއު ހެއްކެއްގެ ގޮތުގައި ބަލައި ނުގަންނަން ނިންމާފައެވެ. އެއީ ޝާފިއުގެ ނަން ފަހުން ހުށަހަޅާފައިވާތީއެވެ.

ޝާފިއުގެ ބަޔާން ބަލައި ނުގަންނަން ނިންމުންމުން ފާރިސްގެ ފަރާތުން ހުށަހަޅާފައިވާ 62 ހެއްކެއްގެ ހެކި ބަސް ނަގަން ބޭނުން ނުވާ ކަމަށް ދިފާއީ ވަކީލުވަނީ ވިދާޅުވެފައެވެ.

ފާރިސްގެ މައްސަލާގައި މާދަމާ ވެސް އަޑުއެހުމެއް ބާއްވަން މިހާރުވަނީ ނިންމާފައެވެ.
ހިޔާލު