Dhakka vaahakayakah faruvaleh nei, verikan dhama hattan ganoonu badhalu kuraanan: PPM
image
ޕީޕީއެމްއިން ބޭއްވި ޖަލްސާއެއްގައި އަބްދުއްރަހީމް ރައީސް ޔާމީން އަރިހުގައި:
1 ކޮމެންޓް
 

ފަރުވާލެއްނެތް، ވެރިކަން ދަމަހައްޓަން ޤާނޫނު ބަދަލު ކުރާނަން: ޕީޕީއެމް

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ދަމަހެއްޓުމަށް އިސްލާހު ކުރަން ޖެހޭ ނުވަތަ ބަދަލުކުރަން ޖެހޭ ކޮންމެ ގާނޫނެއް އަދި ފާސް ކުރަން ޖެހޭ ކޮންމެ ގާނޫނެއް ފާސް ކުރާނެ ކަމަށާއި އެކަމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ދައްކާނެ ވާހަކަޔަކަށް އެއްވެސް ފަރުވާލެއް ނެތްކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. kobadoctor
ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން މަސައްކަތް ކުރާ ފަރާތްތަކާއި ދެކޮޅަށް ޕީޕީއެމް އެމްޑީއޭ މަސައްކަތް ކުރާނީ ފިސާރި ކެރިގެން ކަމުގައެވެ.

ޕީޕީއެމް އެމްޑީއޭ މަޖިލިސް މެމްބަރުންނަކީ ޤައުމަށްޓަކާ ކޮންމެ ގުރުބާނީއެއް ވުމަށްވެސް ތައްޔާރަށް ތިއްމެބި މެމްބަރުންކަމަށާއި ދައްކާ ބިރަކަށް އެ މެމްބަރުން ޖެހިލުންވެވަޑައި ނުގަންނަވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ދިފާއު ކުރަނީ ދިވެހި ޤައުމާއި ރައްޔިތުންގެ ހައްޤުގައި ކަމުގައެވެ. އަދި އެކަން ކުރަނީ އަމިއްލަ ބޭނުމެއްގައި ނޫންކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

މި ސަރުކާރު ބަލިކަށިކުރަން ފުރުސަތު ނުދޭނެ ކަމަށްވެސް އަބްދުއްރަހީމް މިއަދު ވިދާޅުވިއެވެ. އަދި ޤާނޫނީ ސަރުކާރު ވައްޓާލަން ނިކުތް މީހުނާއި ދެކޮޅަށް ޤާނޫނުއަރާ ހަމަކުރާނެކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
ހިޔާލު

މާވަޑި

ތިހިރީ ވާ ކައްޕި އެއް. ފުރުތަމަ އޮޑި މިކައްޕި އާ ހަވާލުކުރީ މައުމޫން. ދެން މި ކައްޕި ކުރިކަމަކީ އޮޑިވެރިޔާގެ އަތުން އޮޑި ވެސް ފޭރި ގަނެފަ ލީ ޖަލަޢް. ދެންކާރީގަ ތިބި ހުރިހާ ފަޅުވެރިން އޮޑިން ބޭލީ. ބާލާފަ އަދި ނިންމާލީކި ނޫން އެހުރިހާ އެންމެންވެސް ހިފާ ހައްޔަރުކޮއްފަ ލީ ހަމަ ޖަލަށް.. މިހާރު ތިތިބި ފަޅުވެރިންނަށް ވެސް ނެތް އަމާން ކަމެއް. ޥިސްނާގެން އުޅޭތި.