ACP Manaanu suspend kuevifaiva kamuge adu thakeh
image
ފުލުހުންގެ ރަސްމިއްޔާތެއްގެ ތެރެއިން
0 ކޮމެންޓް
 

އޭސީޕީ މަންނާނު ސަސްޕެންޑް ކުރެވިފައިވާ ކަމުގެ އަޑުތަކެއް

ފުލުހުންގެ އެސިސްޓްންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް، ސަސްޕެންޑް ކުރެވިފައިވާކަމުގެ އަޑުތައް ފެތުރިއްޖެއެވެ. muni
އޭސީޕީ ޖަމްޝީދު ފުލުހުންގެ ވަޒީފާއިން ސަސްޕެންޑް ކުރެވިފައިވާކަމުގެ އަޑުތައް ފެތުރިފައިވީ ނަމަވެސް މިކަމާއި ގުޅޭގޮތުން ފުލުހުންގެ ބަހެއް ނުލިބުނެއެވެ. ފުލުހުންގެ ތެރޭގައި އަޅާ އިދާރީ ފިޔަވަޅުތަކާއި ގުޅޭ މައުލޫމާތު ފުލުހުން އާއްމު ގޮތެއްގައި ހާމައެއް ނުކުރެއެވެ.

ކުރިން ކޮމިޝަނަރ ބިއުރޯގެ ވެރިޔަކަށް ހުންނެވި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް މިދިޔަ އަހަރުގެ އޮންޓޯބަރު މަހުގެ ފަހުކޮޅުވަނީ އެމަޤާމުން ދުރުކޮށްފައެވެ. އަދި އޭގެ ފަހުން މަންނާނު އެހެން މަޤާމަކަށް ހަމަޖެއްސިކަން އެނގިފައެއް ނުވެއެވެ.

މަންނާނު ސަންސްޕެންޑް ކުރެވިފައިވާކަމަށް މައުލޫމާތު ލިބޭއިރު ފެބްރުއަރީ އެއް ވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރާއި އެކު ސިޔާސީ މަޝްރަހު ހޫނުވެފައިވާއިރު ފުލުހުންގެ އިސް ފަންތީގެ ބޭފުޅުންނާއި އެހެނިހެން ރޭންކްތަކުގެ ބައެއް ބޭފުޅުން މަޤާމުން ވަކިކުރެވި، ބައެއް ބޭފުޅުންވަނީ ހައްޔަރުވެސް ކުރެވިފައެވެ.
ހިޔާލު