Dhagandey Ge Hattrick Aaeku Dhivehi Fasgandugai New Radiant Ah Muhimmu 3 point
image
ދަގަނޑާ މެޗުގައި ލަނޑު ޖެހުމަށްފަހު އުފާފާޅު ކުރަނީ ފޮޓޯ:--މިހާރުސްޕޯޓްސް/ނިޝާން އަލީ
0 ކޮމެންޓް
 

ދަގަނޑޭގެ ހެޓްރިކާއެކު ދިވެހި ފަސްގަނޑުގައި ނިއު ރޭޑިއަންޓަށް މުހިންމު ތިން ޕޮއިންޓު

މިއަދު ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ނިއު ރޭޑިއަންޓާއި އިންޑިއާގެ އައިޒޯލް ބައްދަލު ކުރި މެޗު ފަސޭހަ ކަމާއެކު ކާމިޔާބުކޮށް ނިއު ރޭޑިއަންޓުން މުހިންމު ތިން ޕޮއިންޓު ހޯދައިފިއެވެ.
އޭއެފްސީ ކަޕުގެ ގްރޫޕު ސްޓޭޖުގައި މި ދެޓީމު ބައްދަލު ކުރި މެޗު ނިއުއިން ކާމިޔާބު ކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖެހީ އައިޒޯލުންނެވެ. މި ލަނޑު މެޗުގެ 30 ވަނަ މިނިޓްގައި ކާމިޔާބުކޮށް ޓީމަށް ލީޑު ހޯދައިދިނީ ލަލްރަމުންމާވިއާ އެވެ. އައިޒޯލުގެ ލަނޑާ އެކު ނިއު އިން އެޓޭކް ވަރުގަދަކުރި އެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަަމަ ހާފު ނިމުމުގެ ކުރިން ދަގަނޑޭ ވަނީ ނިއު އަށް ނަތީޖާ ހަމަހަަމަ ކޮށްދީފަ އެވެ.

މެޗުގައި އައިޒޯލަށް މައްސަލަ ދީމާވާން ފެށީ މެޗުގެ 75 ވަނަ މިނެޓުގައި ޓީމުގެ ލަލްރަމުންމާވިއާ އަށް ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. މިއާއެކު ނިއުއިން ވަނީ 10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ އައިޒޯލުގެ ޑިފެންސް ފޫއަޅުވާލާ ގާތްގާތުގައި ދެ ލަނޑު ޖަހާ މެޗު އެޓީމު ކޮޅަށް އަނބުރާލާފައެވެ. މި ދެ ލަނޑު ވެސް ކާމިޔާބު ކުރީ މެޗުގައި ހެޓްރިކް ހެދި އަލީ އަޝްފާގް (ދަގަނޑޭ) އެވެ.

މިއަދު މެޗުން ނިއު މޮޅުވިއިރު މުބާރާތުގެ ގްރޫޕު ސްޓޭޖުގެ ފުރަތަމަ މެޗުގައި އަބަހާނީއާ ބައްދަލު ކުރި މެޗުން ވެސް ނިއު ވަނީ ތިން ޕޮއިންޓު ހޯދާފައެވެ. އަންނަ މަހު 10 ވަނަ ދުވަހު ނިއު ރޭޑިއަންޓު ނިކުންނާނީ މި ގްރޫޕްގެ އެންމެ ވަރުގަދަ ޓީމުގެ ގޮތުގައި ބެލެވިފައި އޮތް އިންޑިއާގެ ބެންގަލޫރާ ދެކޮޅަށެވެ.

ހިޔާލު