5 meehakah aniyaave, hospital akah gengosfi
image
ފަސް މީހަކަށް އަނިޔާވެ ހޮސްޕިޓަލަށް ގެންގޮސްފި
0 ކޮމެންޓް
 

ފަސް މީހަކަށް އަނިޔާވެ ހޮސްޕިޓަލަށް ގެންގޮސްފި

އިދިކޮޅު ޕާޓީތަކުން މިރޭ ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން ފަސް މީހަކަށް އަނިޔާވެ ހޮސްޕިޓަލަށް ގެންގޮސްފިއެވެ. kobadoctor
ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މުޅިންވެސް އަންހެނުންނެވެ. އެންމެންވެސް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ދިވެހި ރެޑްކްރެސެންޓްގެ އެހީތެރިކަމާއި އެކުގައެވެ.

އެއްވުމުގެ ބައިވެރިންގެ ތެރެއިން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ފުލުހުން ޕެޕަސްޕަރޭ ޖެހުމުގެ ސަބަބުން އަނިޔާވި ބައެއް މީހުންނެވެ. އޭގެ ތެރެއިން ދެ މީހަކު އެމްބިއުލާންސަށް އެރުވި އިރުވެސްވަނީ ހޭނެތިފައެވެ.

މިރޭގެ އެއްވުމުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރަކީ މާލޭ ސިޓީ ކައުންސިލްގެ މެމްބަރަކާއި ބައެއް އާއްމު ރައްޔިތުންވެސްވަނީ ހައްޔަރުކޮށްފައެވެ.

މިރޭ ފުލުހެއް ގަޔަށް ކަޅުތެޔޮޖެހި މީހަކުވެސް ހައްޔަރުކޮށްފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ.
ހިޔާލު