Editorun ge sharuthuge mahsala Court ah husha'helhumah Media Council in fonuvaifi
image
ބައެއް ނޫސްތަކުގެ އެޑިޓަރުންނާއި އެކު މީޑިއާ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން: ފައިލް ފޮޓޯ
1 ކޮމެންޓް
 

އެޑިޓަރުންގެ ޝަރުތުގެ މައްސަލަ ކޯޓަށް ހުށަހެޅުމަށް މީޑިއާ ކައުންސިލުން ފޮނުވައިފި

ހޯމް މިނިސްޓްރީން އަލަށް އެކުލަވައިލި ނޫސްމަޖައްލާ އާއި މިނޫންވެސް މިފަދަ ތަކެތި ރަޖިސްޓްރީކުރުމުގެ ޤަވާޢިގައި ކަނަޑައަޅާފައިވާ ނޫސްތަކުގެ އެޑިޓަރުންގެ ޝަރުތުގެ ބަދަލު ކުރުމަށް ކޯޓަށް މައްސަލަ ހުށައަޅައި ދިނުމަށްއެދި މޯލްޑިވްސް މީޑިއާ ކައުންސިލުން ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވައިފިއެވެ.
އެނގިފައިވާ ގޮތުހައި އެ މައްސަލަ ކޯޓަށް ހުށައަޅައި ދިނުމަށް އެދި މީޑިއާ ކައުންސިލުން ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އަލަށް އެކުލަވައިލި ގަވާއިދުގައި ބުނެފައިވާގޮތުން ނޫސްމަޖައްލާތަކުގެ އެޑިޓަރުގެ ޝަރުޠެއްގެ ގޮތުގައި ނޫސްވެރިކަމުގެ ދާއިރާއިން ނުވަތަ ގުޅުންހުރި ދާއިރާއަކުން ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ޝާއިޢުކުރާ ނޫހެއްގައި 5 (ފަހެއް) އަހަރު ދުވަހު މަސައްކަތްކޮށްފައިވާ ފަރާތެއްކަމުގައި ވާންޖެހޭނެއެވެ.

މި ޤަވާއިދުގެ ދަށަށް މިހާރު ހިންގަމުން ގެންދާ ނޫސް މަޖައްލާތައް ފައްތާ އަލަށް އެކުލަވާލި ޤަވާއިދާއި އެއްގޮތަށް ނޫސްތަކުގެ އެޑިޓަރުން ބަދަލުކުރުމަށް މިދިޔަ ފެބުރުއަރީ 15 ވަނަ ދުވަހު ހޯމް މިނިސްޓްރީންވަނީ އިއުލާނުކޮށް އަންގާފައެވެ.

އެޑިޓަރުން ބަދަލު ކުރުމަށް މިނިސްޓްރީން ދީފައިވަނީ 18 ފެބްރުވަރީ 2018 ވަނަ ދުވަހުން ފެށިގެން 1 މަސްދުވަހުގެ މުއްދަތެކެވެ. މާދަމާއަކީ އެ މުއްދަތު ހަމަވާ ދުވަހެވެ.
ހިޔާލު

އަލިމްސް

ބަލަގަ ތިޔަ ބަންޑާރަނައިބުއޭ ތި ގޮތަށް އޯކޭދިނީ