Ticket refund ge gothuga libenjehey 580,000 ah vure gina ruffiya nulibey: Audit Report
image
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން---ފައިލް ފޮޓޯ
2 ކޮމެންޓް
 

ރިފަންޑްގެ ގޮތުގައި ލިބެންޖެހޭ 580،000 އަށްވުރެ ގިނަ ރުފިޔާ ނުލިބޭ: އޮޑިޓް

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ރަސްމީ ދަތުރުތައް ކުރުމަށްޓަކައި ފައިސާ ދައްކާފައިވާ ޓިކެޓްތަކުގެ ތެރެއިން، ކެންސަލްކޮށްފައިވާ ދަތުރުތަކުގެ ޓިކެޓްތަކަށް ރިފަންޑްގެ ގޮތުގައި ލިބެންޖެހޭ 582،882 ރުފިޔާ ލިބިފައިނުވާކަން ހާމަވެއްޖެއެވެ.
އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ސޮއި ކުރައްވާ ނެރުއްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ 2016 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެ ފައިސާ މިއަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހާ ހަމައަށްވެސް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިބިފައިނުވެއެވެ.

އޭގެ ތެރޭގައި ހިމެނެނީ 2013 ގައި ފައިސާ ދައްކާފައިވާ 256،296 ރުފިޔާ އާއި 2014 ވަނަ އަހަރު ފައިސާ ދައްކާފައިވާ 100،544 ރުފިޔާ އާއި 2015 ވަނަ އަހަރު ފައިސާ ދައްކާފައިވާ 45،643 ރުފިޔާގެ އިތުރުން 2016 ވަނަ އަހަރު ފައިސާ ދައްކާފައިވާ 180،399 ރުފިޔާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

އެ ފައިސާ ހޯދުމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ފިޔަވަޅުތައް އަޅާފައިނުވާކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ހިޔާލު

ޓިނު

އަދުރޭ ޓީވީތަކަށް އަރާ މިވާހަގޮވަންވީނު؟ ހައްގޭ ރައްޔަތުންނޭ ކިޔައިން އަގަނާރުވާ

މާލިއްޔާ

ދެންތިޔަފައިސާހޯދަން ގާސިމްއިބްރާހިމްގެ ވިލާކޮލެޖު ސަރުކާރަށްނަގަންއުޅެންވީދޯ ؟