Coffee with media ge namuga noosverinnah EC inn coffee dhenee
image
3 ކޮމެންޓް
 

"ކޮފީ ވިތު މީޑިއާ" ގެ ނަމުގައި ނޫސްވެރިންނަށް އީސީން ކޮފީ ދޭނީ

އިލެކްޝަންސް ކޮމިޝަން (އީސީ) އިން "ކޮފީ ވިތު މީޑިއާ" ގެ ނަމުގައި ރާއްޖޭގެ ނޫސްވެރިންނަށް ކޮފީއެއް ދޭން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ފޮނުވި ދައުވަތުގައި ބުނެފައިވަނީ އެ ކޮމިޝަނުން ކުރިއަށް ހުރި ބައެއް މަސައްކަތްތަކާއި ގުޅޭ ގޮތުން މަޝްވަރާކުރުމަށް "މީޑިއާގެ ބޭފުޅުންނާއެކު ބާއްވާ ކޮފީއަކަށް ދައުވަތު" އަރުވާ ކަމަށެވެ.

ކޮފީ އޮންނާނީ މާދަމާ ހެނދުނު 10:00 ގައި ސިޓްރަންގައި ކަމަށް އީސީ އިން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ދަނީ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ތައްޔާރުވަމުންނެވެ.
ހިޔާލު

ތައިނި

ރަގަޅު ގޮތެއް ނޯންނާނެ. ރާއްޖޭގޭ އަމާންކަން ނަގާލުން ރީދޫ މީހުން ބޭނުންވާނި އިޝްގު ނަޝީދު މުޅި ޤައުމު ހަލާކުކޮށްފި

ސަމްބޭ

އެއުޅެނީ ނުބައި މަގުސަދެއްގައިކަމަށް ހީވަނީ އީ ސީ ގެ މޫނުމަތިރީތިކުރަން ފުށްޖަހަން ކަމަށްވެސް ވެދާނެ ވިސްނާތިބޭތި ނޫސްވެރިންނޭ

މައިކް

ތިއުޅެނީ މިޑީޔާ ގަނެލަންތަ. ނޫނީ ކޮނަކަމަކުތަ. ކުދިންނޭ ތިތަނުނަ ނުކާތި