MIRA ah 5 lakka ah vure gina ruffiya dhekkumah hukum koffi
image
މީރާ
0 ކޮމެންޓް
 

މީރާއަށް ފަސް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް ހުކުމްކޮށްފި

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ފަސް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް އަމިއްލަ ކުންފުންޏެއްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
މީރާއިން ބުނީ އެމޭޑިއަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ކޮށްފައިވަނީ ޖީ.އެސް.ޓީ އަދި އެއާގުޅޭ ޖޫރިމަނާ ދެއްކުމަށް ކަމުގައެވެ.

އެގޮތުން ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 578,320 ރުފިޔާ ދެ މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށް މޭޑިއަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ހުކުމްކޮށްފައިވާކަމަށް މީރާއިން ބުނެއެވެ.
ހިޔާލު