Sattu Ge 2 Landun TC ah Season Ge Furathama Molhu
image
ޓީސީގެ ސައްޓު ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
0 ކޮމެންޓް
 

ސައްޓުގެ ދެ ލަނޑުން ޓީސީއަށް ސީޒަންގެ ފުރަތަމަ މޮޅު

އިއްޔެ އެސްޓީއޯ މާލޭ ލީގުގައި ޓީސީއާއި ވެލެންސިއާ ބައްދަލު ކުރި މެޗުން ޓީސީ ފަސޭހަ މޮޅެއް ހޯދައި ސީޒަންގެ ފުރަތަމަ ތިން ޕޮއިންޓު ހޯދައިފިއެވެ.
ޓީސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމަށް ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިދިނީ އިޝާން އިބްރާހިމް (ސައްޓު) އެވެ. އޭނާގެ ލަނޑާއެކު ޓީސީން މެޗު ލީޑު ކުރަމުންދަނިކޮށް އޭގެ ހަ މިނިޓް ފަހުން ޓީސީގެ ލީޑުފުޅާކޮށްދިނީ ވެސް ސައްޓު އެވެ. މެޗުގައި ޓީސީގެ ތިން ވަނަ ލަނޑު ޖަހާ މެޗުގެ ތިން ޕޮއިންޓު އެޓީމަށް ކަށަވަރު ކޮށްދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ އަނަޓޯލީ އެވެ.

މި މޮޅާއެކު ޓީސީން ވަނީ 4 ޕޮއިންޓާއެކު ތާވަލުގެ 5 ވަނަ މަގާމަށް ޖެހިލާފައެވެ. 4 ވަނާގައި ނިއު އޮތްއިރު ތިން ވަނާގައި އޮތީ ވިކްޓޮރީއެވެ. ދެވަނާގައި އޮތީ މާޒިޔާއެވެ. އަދި ތާވަލުގެ އެއް ވަނަ ޓީމުގެ މަގާމުގައި އޮތީ ގްރީން ސްޓްރީޓްސްއެވެ.
ހިޔާލު