Fiorentina Ge Training Ground Ah Astori Ge Namun Nandheefi
image
އަސްޓޯރީ ފޮޓޯ:---
0 ކޮމެންޓް
 

ފިއޮރެންޓީނާގެ ޓްރެއިނިން ގްރައުންޑަށް އަސްޓޯރީގެ ނަމުން ނަންދީފި

ފިއޮރެންޓީނާގެ ޓްރެއިނިން ގްރައުންޑަށް ދާދިފަހުން ކުއްލި ގޮތަކަށް މަރުވެފައިއޮތްވާ ފެނުނު އެޓީމުގެ ކެޕްޓަން ޑޭވިޑޭ އަސްޓޯރީގެ ނަމުން ނަންދީފިއެވެ.
ޓީމާއެކު ހޮޓެލްގައި ހުއްޓާ ކުއްލި ގޮތަށް މަރުވި ޓީމުގެ ސެންޓަރ ބެކްގެ ނަމުން ޓީމުގެ ޓްރެއިނިން ގްރައުންޑުގެ ނަން ބަދަލުކޮށްފައިވާކަން ފިއޮރެންޓީނާއި މިއަދު ހާމަކޮށްފައިވާއިރު ދާދިފަހުން އެޓީމުން ވަނީ އޭނާގެ ޝަރަފުގައި އެޓީމުގެ 13 މަންބަރު ޖާޒީ ވެސް ރިޓަޔަރ ކޮށްފައެވެ.

މީގެ ކުރިން ސެންޓްރޯ ސްޕޯޓިވޯގެ ނަމުން ނަންދީފައިވާ ޓްރެއިނިން ދަނޑުގެ ނަން ބަދަލުކޮށްފައިވަނީ "ސެންޓްރޯ ސްޕޯޓިވޯ ޑޭވިޑޭ އަސްޓޯރީ" އަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އަސްޓޯރީ މަރުވެފައިވަނީ ހާޓް އެޓޭކެއް ޖެހި ހިތްހުއްޓުމާއި ގުޅިގެންނެވެ. މިކަން އޭނާގެ އާއިލާންއިން ނުވަތު އެއްވެސް ފަރާތަކުން މިހާތަނަށް ކަށަވަރު ކޮށްދީފައިނުވާއިރު އޭނާގެ މަރާ ގުޅިގެން އެގައުމުގެ ފުލުހުން ފެށި ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ.
ހިޔާލު