Africa ge Qaumuthakun Free Trade Ehbasvumehga Soi Kuranee
image
އެފްރިކާގެ ގައުމުތަކުގެ ބައެއް ވެރިން--
0 ކޮމެންޓް
 

އެފްރިކާގެ ގައުމުތަކުން ފްރީ ޓްރޭޑް އެއްބަސްވުމެއްގައި ސޮއިކުރަނީ

އެފްރިކާގެ ގައުމުތަކުން އެފްރިކަން ކޮންޓިނެންޓަލް ފްރީ ޓްރޭޑް އޭރިއާ އެއްބަސްވުމެއްގައި ސޮއިކުރުމަށް ތައްޔާރުވެއްޖެއެވެ. އެ އެއްބަސްވުމުގައި ސޮއި ކުރުން އޮންނާނީ ބުދަ ދުވަހު، ރުވަންޑާގެ ވެރިރަށް ކިގަލިގައެވެ.
ޔޫއެން އިނޮކޮމިކް ކޮމިޝަން ފޮ އެފްރިކާ (ޔޫއެންއީސީއޭ) އިން ލަފާކުރާ ގޮތުގައި އެއްބަސްވުން އެކުލަވާލެވުމާއެކު އެފްރިކާގެ ގައުމުތަކުގެ މެދުގައި ކުރެވޭ ވިޔަފާރި އިތުރުވެގެން ދާނެއެވެ. އެގޮތުން 2010 ވަނަ އަހަރާއި އަޅާބާލައިރު 2022 ވަނަ އަހަރު 52 އިންސައްތަ އިތުރުވެގެންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އެފްރިކާގެ ގައުމުތަކުގެ ވެރިން، ފްރީ ޓްރޭޑް އޭރިއާއެއް ގައިމުކުރުމަށް އެއްބަސްވީ 2012 ވަނަ އަހަރުއެވެ. އަދި އެކަމާ ގުޅޭ ގޮތުން މަޝްވަރާތައް ފެށީ 2015 ވަނަ އަހަރުއެވެ.

އެ އެއްބަސްވުމުގައި 55 ގައުމުން ސޮއިކުރާނެއެވެ. އެފްރިކާގެ ގައުމުތަކުގައި ޖުމުލަ 1.2 ބިލިއަން މީހުން ދިރިއުޅޭ އިރު ޖީޑީޕީ 2 ޓްރިލިއަން ޑޮލަރަށް އަރައެވެ.
އެފްޓީއޭ އެފްރިކާ
ހިޔާލު