Adhaalath Nazeer ge Passport hifahattaifi
image
ނަޒީރު ޝައިޚް އިމްރާނާއި އެކު
1 ކޮމެންޓް
 

ޢަދާލަތު ނަޒީރުގެ ޕާސްޕޯޓް ހިފަހައްޓައިފި

ޢަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ ޗެއަރ އަލީ ނަޒީރުގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.
ނަޒީރު މިރޭ ވިދާޅުވީ ޕާސްޕޯޓް ހިފެހެއްޓާފައިވާކަން އެނގުނީ އާއިލާއަށް ޒިޔާރަތް ކުރުމަށް ފުރުމަށް މިއަދު އެއާޕޯޓަށް ދިއުމުން ކަމުގައެވެ.

"ފުރަން ދިއުމުން އިމިގެރޭޝަންނުން ޕާސްޕޯޓް ހިފެހެއްޓީ، އަޅުގަނޑުބުނިން ކޯޓް އަމުރުދައްކާށޭ، ބުނީމަ ކޯޓް އަމުރެއް ނުދެއްކި، ދެން އަޅުގަނޑު ބުނެފިން ކޯޓް އަމުރެއް ނެތީމައޭ ނުދައްކަން ތިއުޅެނީ، ބުނީމަ އިމިގްރޭޝަނުންބުނީ ކޯޓް އަމުރެއް އޮތަސް ނެތަސް ނުފުރޭނެ އޭ" ނަޒީރު ވިދާޅުވިއެވެ.

ނަޒީރު ވިދާޅުވީ އިއްޔެވެސް ފުލުހަށް ހާޒިރުވި ކަމަށާއި ނަމަވެސް ޕާސްޕޯޓް ހިފަހައްޓާފައިވާކަން އަންގާފައި ނުވާ ކަމުގައެވެ. ނަމަވެސް މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ޕާސްޕޯޓް ހިފަހައްޓާފައި ވާކަމަށް އިމިގެރޭޝަނުން މިއަދު ބުނިކަމަށް ނަޒީރު ވިދާޅުވިއެވެ.

މިދިޔަ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަ ތަކާއި ގުޅިގެން ޤާނޫނާއި ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުކޮށް ނަޒީރުގެ ތިން ފަހަރަކަށް މިހާރުވެސްވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައެވެ.

މިދިޔަ ހުކުރު ދުވަހު އިދިކޮޅު ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޒީރުވަނީ ދިވެހިން ފަހުރުވެރިވާ ދިވެހިންގެ ނިޝާން ކަމުގައިވާ ދައުލަތުގެ ދިދަވެސް މި ސަރުކާރުން ވަގު ވިޔަފާރިތަކަށް ވިއްކާލާފައިވާކަމަށް ވިދާޅުވެ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.

އިދިކޮޅު ފަރާތްތަކުން ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، ބައިނަލް އަޤްވާމީ ކަނޑުގައި ރާއްޖޭގެ ދިދަޖެހި ބޯޓެއް އުތުރު ކޮރެއާގެ ބޯޓަކާއި ވިޔަފާރީގެ މުއާމަލާތު ކުރިކުރުމަށް އިޝާރާތް ކުރައްވާ ނަޒީރު ވިދާޅުވީ ރާއްޖެއިން ގުޅުން ޤާއިމް ކުރަމުންދަނީ ބައިނަލް އަޤްވާމީ ގޮތުން އެކަހެރިވެފައިވާ ޤައުމުތަކާއި ކަމުގައެވެ.

ދިވެހިންގެ ފަހުރެއްކަމަށްވާ ދިވެހިންގެ ނިޝާން އަދި ދިވެހިންގެ ދިދަ ވަގު ވިޔަފާރިއަށް މިސަރުކާރުން ވިއްކާލާފައިވާކަމަށާއި އެކަން ނުހުއްޓުވިއްޖެ ނަމަ ދިވެހި ޤައުމީ ދިދަ ބައިނަލް އަޤްވާމީ މާފިޔާ ގޭންގުތަކަށް ވިއްކާލާނެކަމަށް ނަޒީރުވަނީ ވިދާޅުވެފައެވެ.
ހިޔާލު

ހިބަރު

ގުންޑާ ހުރިހާތަނަކަށް ގުންޑާއިން ވައްދައިގެން ގުންޑާރާޖް ހިންގަނީ.