Shinan ge muhdhathu majlis cancel
image
އަބްދުﷲ ޝިނާން
0 ކޮމެންޓް
 

ޝިނާނުގެ މުއްދަތު މަޖިލިސް ކެންސަލް

މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންގެ ބަންދުގެ މައްސަލާގައި މިރޭ ބޭއްވުމަށް އުޅުނު މުއްދަތު މަޖިލިސް ކެންސަލް ކޮށްފިއެވެ.
ޝިނާނުގެ މުއްދަތު މަޖިލިސް ކެންސަލް ކުރި އިރު މީގެ ކުރިން ޝިނާންގެ ބަންދަށް ޖެހި 15 ދުވަހުގެ މުއްދަތު ހަމައެއް ނުވެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ޝިނާންގެ މައްޗަށް ޓެރަރިޒަމްގެ ޢަމަލެއް ހިންގަން އުޅުނުކަމުގެ ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އިއްޔެވަނީ ކްރިމިނަލް ކޯޓަށް މައްސަލަ ފޮނުވާފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތު މާދަމާ ރެއަށް ހަމަވާއިރު މިހާރު ބަންދުގައި ތިބި ގިނަ ބޭފުޅުންގެ ބަންދުގެ މުއްދަތުވަނީ އިތުރުކޮށްފައެވެ. އަދި ގިނަ ބޭފުޅުންގެ ބަންދަށް ކޯޓުން ދީފައިވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެއިތިއްބުމުގެ އަމުރެވެ.

ކްރިމިނަލް ކޯޓް
ހިޔާލު