Rohingya fund ge faisaa havaalukohfi
image
ރޮހިންޔާ މުސްލިމުންތަކެއް---
4 ކޮމެންޓް
 

ރޮހިންޔާ ފަންޑުގެ ފައިސާ ހަވާލުކޮށްފި

މިޔަންމާގެ އަސްކަރިއްޔާއިން ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގި ޖަރީމާގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ރާއްޖޭގައި ހިންގި ހަރަކާތުން އެއްކުރި ފައިސާ ބަންގްލަދޭޝް ރެޑްކްރެސެންޓް އެކައުންޓަށް ޖަމާކޮށްފިއެވެ.
ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ވޭތުވެދިޔަ ދުވަސްތަކުގައި މަސައްކަތް ކުރަމުން ދިޔައީ ފަންޑުގައި ހުރި ފައިސާ ރެޑްކްރެސެންޓުގެ އެކައުންޓަށް ޖަމާކުރުން ކަމަށެވެ. އެ މަސައްކަތް ނިންމާލެވި، ހުރިހާ ފައިސާއެއް ރެޑްކްރެސެންޓުގެ އެކައުންޓަށް ޖަމާކުރެވިފައިވާ ކަމަށް މިނިސްޓަރު ޑރ. ޒިޔާދު ޕީއެސްއެމް އަށް ވިދާޅުވިއެވެ.

""ވޭތުވެދިޔަ ދުވަސްތަކުގައި ވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުން ދިޔައީ ފަންޑުގައި ހުރި ފައިސާ ރެޑްކްރެސެންޓުގެ އެކައުންޓަށް ޖަމާ ކުރުމަށް. ދެން ހުރި އިދާރީ ދަތި ކަންތައްތަކާއެކީގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިއަދު މިވަނީ ހަމަ މަސައްކަތް ނިންމާލެވި، ހުރިހާ ފައިސާއެއް ރެޑްކްރެސެންޓުގެ އެކައުންޓަށް ޖަމާކުރެވިފައި،" ޕީއެސްއެމްއިން ޑރ.ޒިޔާދާ ހަވާލާދީ ބުނެފައިވެއެވެ.

ރޮހިންޔާ ފަންޑަށް ޖަމާކުރި ފައިސާތަކަށް ވީނުވީއެއް ނޭނގޭ ކަމަށް ބުނެ ބައެއް ނޫސްތަކުން މީގެ ކުރިން ވަނީ ރިޕޯޓުކޮށްފައެވެ. އެއާއެކު އިސްލާމިކް މިިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ވީއެންމެ އަވަސް ފުރުސަތެއްގައި އެ ފައިސާތައް ހާލުގައި ޖެހުނު ފަރާތްތަކަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ސަރުކާރުން އިސްވެ އޮވެ ހިނގި އެ ފަންޑަށް 18.1 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ހިޔާލު

ފައިސަލް

ރައްޔިތުން މިވާހަކަ ނުދެއްކިނަމަ މިލާރި ދައްކާނެބާ؟؟؟!!

ޢަލިދީދީއައްޑޫސިޓީ

ބަލަގަ ފޮޑިއެއް ޖެހިޔަސް އެކަން ޓީވީ ތަކުން ދައްކާ އިރު އެފައިސާ އެކަުންޓަށް ޖަމާކުރަން އޮންލައިންކޮށް އެކަން ކުރި ކުއްޖާ ނަމަވެސް ދައްކާލިނަމަ. ނޫނީ އެ ޖަމާކޮށްފަ ސްލިޕްކޮޅުވެސް، އަހަރުމްން ރައްޔަތުންނަށް ދައްކާލިނަމަ. އަހަރުމެން ދިން ފައިސާ ވިއްޔާ އެއީ.

ާޭމލހ

ސަރުކާރުން ވަރަށް ވިޔާނުދާކޮށް ކޮށްފައިވާ ކަމެއް! ދިވެހި ރައްޔިތުން ސަރުކާރާ ހަވާލު ކުރި ބޮޑު އަމާނާތަކާއި ސަރުކާރުން ހިޔާނާތްތެރިވީ! އެވާހަކަ ދަށްކާފެސީމަ ކޮންމެވެސް ފަޅެއް ވިއްކާގެން އެއުޅެނީ

ސޫޝީ

ގަބޫލުކުރަންދަތިވާހަކައެއް ހީވަނީ ނޫސްވެރިން އެވާހަކަ ލިޔަންފެށުމުން ޑްރާމާ ޖައްސާލިހެން ކުރިން ކޮށްފައިވާ ގޯސްކަންތައް ގިނަކަމުގެސަބަބުން އިތުބާރު ވަނީ ގެއްލިފައި.