Dhiraaguge Postpaid Customerunnnah Hiley Bonus Data
image
1 ކޮމެންޓް
 

ދިރާގުގެ އާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހިލޭ ބޯނަސް ޑޭޓާ

ދިރާގުގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހިލޭ ބޯނަށް ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ދިރާގުން ބުނި ގޮތުގައި އެކުންފުނީގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ގުޅޭ ކަސްޓަމަރުންނަށްވެސް އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.

ދިރާގުން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ސޯޝަލް މީޑިޔާ ބޭނުންކުރާ ކަސްޓަމަރުންނަށް ކުރިން ލިބެމުންދިޔަ ތިން ޖީބީގެ ބަދަލުގައި މިހާރު ފަސް ޖީބީ ލިބޭނެ އެވެ.

ދިރާގުން މިކަމާއި ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ބަދަލުގެ ދަށުން ފަސް ޖީބީގެ ޑޭޓާ މިހާރުގެ ކަސްޓަމަރުންނާއި ދިރާގާއި އަލަށް ގުޅޭ ކަސްޓަމަރުންނަށްވެސް ލިބޭނެ ކަމަށެވެ. އެ ޕްރޮމޯޝަން ކުރިއަށް ދާނީ އޭޕްރީލް މަހުގެ ނިޔަލަށެވެ.
ހިޔާލު

ސައްތާރު / މހއ

އަނެއްކާވެސް ކޮންމެވެސް ބައެއްގެ ސިމް ކްލޯންކުރަން ރާވަނީބާ؟ ދިރާގަކަށް އިތުބާރެއް ނުކުރަން ކިތައްމެ ބޮޑު ޕެކޭޖެއް ހެދިޔަސް.