Villa Group ge rahthakaai falhutah athuli mahsalaige aduehun thah ninmaalaifi
image
ސްޕްރީމް ކޯޓް
0 ކޮމެންޓް
 

ވިލާ ގްރޫޕްގެ ފަޅުތަކާއި ރަށްތައް އަތުލި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

ސެޓްލްމަންޓް އެގްރީމެންޓް އުވާލައި ވިލާ ގުރޫޕްގެ ބައެއް ފަޅުތަކާއި ރަށްތައް އަތުލި މައްސަލައިގެ އަޑުއެހުންތައް ސްޕްރީމް ކޯޓުން ނިންމާލައިފިއެވެ.
ވިލާ ގުރޫޕްގެ ތިން ރަށަކާއި ދެ ފަޅެއް އަތުލި މައްސަލާގައި އެ ކުންފުނިން ދައުލަތުގެ މައްޗަށް ކުރާ ދައުވާކުރަނީ އެމައްސަލާގައި ސިވިލް ކޯޓުން އެކުންފުންޏާއި ދެކޮޅަށް ނިންމި ނިންމުން 2015 ވަނަ އަހަރު ހައިކޯޓުން ބާތިލްކުރި މައްސަލާގައެވެ.

ތ އެލާއާއި ރ މާނެންފުއްޓާއި ގދ ގަޒީރާއާއި ކ މާދިއްގަރުފަޅާއި ކ ބޮލިދުއްފަރުފަޅުގެ މައްސަލާގައި ސިވިލްކޯޓުން ކުރި ހުމުން ހައިކޯޓުން ބާތިލްކުރުމުން އެމައްސަލަ އިސްތިއުނާފްކޮށް ސްޕްރީން ކޯޓަށް ވިލާއިން ހުށެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލީ މިއަދު އެވެ.

ވިލާ ގުރޫޕް އަތުން އަތުލާފައިވާ މި ފަޅުތަކާއި ރަށްތަކުގެ މައްސަލަ ސްޕްރީމް ކޯޓްގައި ކުރިއަށް ދަނިކޮށް މީރާއިންވަނީ މި ފަޅުތަކާއި ރަށްތަކުން ލިބެން ޖެހޭކަމަށް ބުނާ 188 މިލިއަން ޑޮލަރު ނުވަތަ 2.9 ބިލިއަން ރުފިޔާ ހޯދުމަށް ސިވިލް ކޯޓްގައި ދައުވާވެސް ކޮށްފައެވެ.
ހިޔާލު