Agubodu dhuvaa track anekka ves roolhenee
image
ދުވާ ޓްރެކްގެ ސިންތަޓިކް މެޓް ތަންނަތުން ފަޅައިގެން ގޮސް ރޫޅެނީ
9 ކޮމެންޓް
 

އަގު ބޮޑު ދުވާ ޓްރެކް އަނެއްކާވެސް ރޫޅެނީ!

އެތައް މިލިއަން ރުފިޔާގެއް ހަރަދުކޮށްގެން ރަސްފަންނުން ފެށިގެން ސުނާމީ ބިނާ މައިޒާނާއި ހަމައަށް ހަދާފައިވާ ދުވާ ޓްރެކް އަނެއްކާވެސް ރޫޅެން ފަށައިފިއެވެ.
ދުވާ ޓްރެކްގެ މަސައްކަތް ކުރަމުން ދިޔަ އިރުވެސް ބޮޑެތި މައްސަލަތަކެއް ދިމާވެ ފާޑުކިއުންތައް އަމާޒުވެގެން ދިޔަ އެވެ.

އޭރުވެސް އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވެގެން ގޮސްފައިވަނީ ދުވާ ޓްރެކްގައި އަޅާފައިވާ ސިންތަޓިކް މެޓް އެތަން މިތަނުން ނެއްޓި ހަލާކުވިލެއް އަވަސްކަމުންނެވެ.

އޭރު ފާޑު ކިއުންތައް އަމާޒުވުމުން މެޓްނައްޓާ ބޮޑު މަރާމާތެއް ކުރިއެވެ. ނަމަވެސް ގޭނެ މަހެއްހާ ދުވަސް ފަހުން 2016 ވަނަ އަހަރުގެ ނޮވެމްބަރު ހިސާބުގައި އަނެއްކާވެސް ސިންތަޓިކް މެޓް ނެއްޓި ބޮޑު މަރާމާތެއް ކުރަން ޖެހުނެވެ.

އޭރު ހައިސިންގ މިނިސްޓްރީން ބުނީ ޓްރެކްގެ ސިންތަޓިކް މެޓް ނެއްޓެނީ މަސައްކަތް އެއްކޮށް ނުނިމޭތީ ކަމުގައެވެ. ނަމަވެސް އޭރުވެސް ޓްރެކް އޮތީ އާއްމުކޮށް ބޭނުން ކުރުމަށް ހުޅުވާލާފައެވެ.

މައްސަލަ ހައްލުކޮށް ޓްރެކް އަލުން ބޭނުން ކުރަން ފެށިފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް އޭގެ އަހަރެއްހާ ދުވަސް ފަހުން އަގު ބޮޑު ޓްރެކްގެ ސިންތަޓިކް މެޓް ތަންތަންގަނޑުން ފަޅައިގެން ގޮސް ނެއްޓުމުގެ މައްސަލަ މިހާރު އަނެއްކާވެސްވަނީ ކުރިމަތި ވެފައެވެ.

ހިޔާލު

ތައެެ

މުއިއްޒުވަނީ ދޯ

މަރީ

ތިވަރު ކުޑަ، އިހަށް ދުވަހުވެސް ދުށިން 10 ވަރަކަށް ޓަނު ހުރި ބޭފުޅެއް ތިތާމަތިން ދަނިކޮށް

ކާފަ

ތިތާ މަތީގަނ މީހުން ދުވަނީކީ ތިތަނަކަށް ކުޅަދާނަ ވަރަކަށް ނޫން

ފިޔާޒް

ޓުރެކު ހަލާކު ވަނީ ނުބެލެހެއްޓޭތީ، ޓުރެކުން އެފެންނަ ބުޑު ހަލާކުވުމަކީ ލޮރީއެއް އެރުވުމުގެ ސަބަބުން ލިބިފައިވާ ގެއްލުމެއް ކާރުފަދަ އުޅަނދުފަހަރު ވަރައްގިނައިން އަރުވައިގެންވެސް އެބަހުރި ހަލާކުވެފާ.. ކާރުގެ އަޑީ ތެޔޮ ބަދަލުކޯއްފަ ތެޔޮ ޓުރެކް މައްޗައް އަޅައިގެންވެސް އެބަހުރު ހަލާކުވެފާ.. ހައުސިންގެ ތިކަން ރަގަޅައް އިގިހުރެ މިބުނީ..

7

ނަޝީދު ސަރުކާރުން އެމްއެމްއޭ ކުރިމަތީގައި ހެދި ބުރިޖު ނުރޫޅޭތަ؟ އެތަނުން ރައްޔިތަކަށް ވީފައިދާއެއް ކޮބައިތަ؟

ހެހޭ

ތަޖްރިބާކާރު ކުދިންކޮޅެއް ބުނި ތިކަހަލަ މައްސަލަތަކަށް ދިވެހިބަހުން ކިޔާނަމެއް.

ޣުއިއްޒު

ތި ޓްރެކް މަތީގަ މުއިއްޒު އަތުރާލަ ދޭނެ މީހަކު ނެތީމަ؟

ބީވާ

މުއިއްޒު ވީ. ދެން އިރުކޮޅަކުން ރަތަށް އަރާފަ ޓުވީޓު ކުރާނެ. ބުނާނެ ތީ ޕްލޭން ކުރި ގޮތޭ!

މުއިއްޒު

މިކަން މިހެންވާނެކަން އިނގޭ. މިއީ ޕްލޭކޮށްފައި އޮތްގޮތް. ތި ސަރަހައްދުގައި ފްލެޓް އަޅަންވާއިރަށް އަޓުޑޯ ޖިމާއެކު ޓްރެކް ވެސް އެހެން ސަރަހައްދަކަށް ބަދަލުކޮށްލެވޭތޯ މިއުޅެނީ. ވަރަށް ސަލާމް ވީއެފްޕީ ކުދިންނަށް