Sale tax ge namuga somalia ga 5 percent ge tax eh naganee
image
0 ކޮމެންޓް
 

ސޭލްސް ޓެކްސްގެ ނަމުގައި ސޯމާލިއާގައި 5 އިންސައްތައިގެ ޓެކުހެއް ނަގަނީ

ސޭލްސް ޓެކްސްގެ ނަމުގައި ސޯމާލިއާގައި ފަސް އިންސައްތަ ނަގަން ނިންމައިފިއެވެ.
އެ ނިންމުމާއި ގުޅިގެން ސޯމާލިއާގެ އާންމުންނާއި ވިޔަފާރިވެރިން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

ރިޕޯޓުތައް ބުނާ ގޮތުން މިއީ ސޯމާލިއާގައި ފާއިތުވި ގާތްގަނޑަކަށް 30 އަހަރުގެ ތެރޭގައި މިފަދަ ޓެކްސެއް ނަގާ ފުރަތަމަ ފަހަރެވެ.

އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ސޯމާލިއާގެ އިންލަންޑް ރެވެނިއު ޑިރެކްޓަރު ވިދާޅުވި ގޮތުގައި ގައުމަށްޓަކައި އެ ޓެކްސް ދައްކަން ޖެހެއެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު ޓެކްސް ދައްކަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސޯމާލިއާ ސަރުކާރުން ބުނާ ގޮތުގައި ޓެކްސްގެ ފައިދާ މުޅި ގައުމަށް ކުރާނެއެވެ.

ސޯމާލިއާގެ ބައެއް އާންމުން ބުނާ ގޮތުން ޓެކްސް ފައިސާ ދެއްކި ނަމަވެސް އެމީހުން އެގައުމުގެ ސަރުކާރަށް އިތުބާރެއް ނުކުރެއެވެ.

ސޭލްސް ޓެކްސް މައްސަލާގައި ސޯމާލިއާގެ ބައެއް ވިޔަފާރިވެރިން ވަނީ ސޭލްސް ޓެކްސް މައްސަލާގައި އެގައުމުގެ ބޮޑު ވަޒީރާއި ފިނޭންސް މިނިސްޓަރާ ބައްދަލުކުރައްވާފައެވެ. ޝަކުވާ ހުށަހަޅައިގެން ހައްލެއް ނުލިބުމުން ވިޔަފާރިވެރިން ވަނީ ވިޔަފާރި ހުއްޓާލާ މުޒާހަރާކުރަމުންނެވެ.
ހިޔާލު